ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރިނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ: ޚުޠުބާ

ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރިނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ: ޚުޠުބާ

Author
ހުސެއިން
18 އޭޕްރިލް 2025 01:23
0

ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރިނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ފަރުޟު ޒަކާތާ އިގްތިސާދާ ހުރި ގުޅުން" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމްދީން ބާރު އަޅަނީ ޙަލާލު މަސައްކަތުން ރިޒުގު ހޯދުމަށް ކަމުގައެވެ. އެގޮތުން ކުރާނޭ މަސައްކަތެއް ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރިނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

އެހެންކަމުން ތަނަވަސްކަމުގެ އަހުލުވެރީންނާއި، ގައިބާރުހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާ ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެކެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި ވިދާޅުވީ ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިހުސާންތެރިކަމެއް ނޫންކަމުގައެވެ. އަދި އެއީ މުއްސަދީންގެ މުދަލުން ނަގާ، އޭގެ ހައްގުވެރީންނަށް އަދާކުރާންޖެހޭ ހައްގެއް ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ މުއްސަދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައި މީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ހައްގުތަކަށް އަރައިގަތުން ނޫންކަމުގައެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ މުދަލުގެ ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް އެއާމެދު ވަރަށްގިނަ މީހުންގެ ހޭލުންތެރިކަން ކުޑަކަމަށާއި، ޒަކާތާބެހޭ ޝަރުޢީ އަދި އިދާރީ ކަންކަން އޮޅުންފިލުވާ ނަފުސު ހޭލުންތެރި ކުރުމަށް އެންމެތަކުންނަށް އިލްތިމާސްކުރާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.