ޒުވާނުންގެ ނާރުތަކުގައި ޢިލްމާއި މަޢުރިފާގެ ލޭ ދައުރުވާން ފެށުމުން ޖަހާލަތުގެ އަނދިރިކަން ފިލައިދާނެ: ޚުޠުބާ

ޒުވާނުންގެ ނާރުތަކުގައި ޢިލްމާއި މަޢުރިފާގެ ލޭ ދައުރުވާން ފެށުމުން ޖަހާލަތުގެ އަނދިރިކަން ފިލައިދާނެ: ޚުޠުބާ

ގުޅުންހުރި

އުއްމަތުގެ ޒުވާނުންގެ ނާރުތަކުގައި ޢިލްމާއި މަޢުރިފާގެ ލޭ ދައުރުވާން ފެށުމުން، ޢިލްމުގެ ނޫރު ފެތުރި ޖަހާލަތުގެ އަނދިރިކަން ފިލައިދާނެކަމާމެދު ޝައްކެއް ނެތްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ތަރައްޤީގެ އަސާސަކީ، ތަޢުލީމާއި ތަރުބިއްޔަތު" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އެއާއެކު އިސްލާމްދީނމަށް ލޯބިކުރާ، އިސްލާމީ އުސޫލުތަކުގައި ހިފަހައްޓާ ދަރީންތަކަކަށް ހެދުމަށް މުދައްރިސުންނާއި ބެލެނެވެރިން ގުޅިގެން މަސައްކަތް ކުރާންވާނެ ކަމުގައެވެ. އަދި އެކުދީންނަށް ނަމާދުކުރަން ދަސްކޮށްދީ، އެކަމަށް އާދަކުރުވަން ވާނެކަމަށާއި، ކީރިތި ޤުރުއާން ކިޔަވާން ބާރުއަޅާ ދީނުގެ އަސާސީ ޙުކުމްތައް ދަރިވަރުންނަށް ދަސްކޮށްދޭންވާނެ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ލޮބުވެތި އަޚުންނޭވެ! އަހަރެމެންގެ ދަރީން، ސާފުތާހިރު ޔުނީފޯމުގައި ފޮތް ދަބަސްތައް ހިފައިގެން މަދުރަސާއަށްދާ މަންޒަރަކީ ރީތި މަންޒަރެކެވެ. ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށް ބޭނުންވާ ތަޢުލީމާއި، ތަރުބިއްޔަތާއި، ތަމްރީނު ހޯދުމަށް އެ ކުދީން މަދުރަސާއަށް ގޮސް ގެއަށް އަންނަ މަންޒަރު ސިފަކޮށްދެނީ، ޤައުމު ބިނާކުރުމުގައި އެންމެންގެ ބައިވެރިވުން އޮތް މިންވަރެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދު ޚުޠުބާގައި ވިދާޅުވެފައިވަނީ، ހިތްތައް އެއްކައުވަންތަކަމުގެ މަތިވެރި އަޤީދާއިން ޒީނަތްތެރި ކުރުމަށް، ދަރީންނަށް ތަރުބިއްޔަތު ދިނުމުގައި އެންމެން އެއްގަލަކަށް އަރާންޖެހޭނެ ކަމުގައެވެ. ހެޔޮގޮތުގައި ގައުމު ތަރައްގީކޮށް އެއްބައިވަންކަންމަތީ ދެމެހެއްޓޭނީން އޭރުކަމުގައި މިއަދު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ