ޢައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޢައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ގުޅުންހުރި

އިޒްރޭލުން ގާއްޒާގެ ދާރުލް އަރްގަމް ސްކޫލަށް އަދި ސައޫދީ ސެންޓާ ފޯ ކަލްޗާ އެންޑް ހެރިޓޭޖުގެ ބޭސްފަރުވާގެ ސާމާނު ރައްކާކޮށްފައިވާ ގުދަނަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ދެ ހަމަލާއާ ގުޅިގެންފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމާބެހޭ ގާނޫނާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި މި ބަޔާނުގައި އިޒްރޭލުގެ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، މި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް ވަނީ ގޮވާލާފައެވެ.

ދާރުލް އަރްގަމް ސްކޫލަށް ދިން ހަމަލާގައި 30 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ގައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާކަމަށެވެ. އަދި މި މައްސަލައަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ރާއްޖެއިން ދެކޭކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ