ކުރެވުނު އަމަލެއްގެ މޮޅުކަމުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަގީންވީކަމަށް ދެކިގެން ނުވާނެ، ހެޔޮ އަމަލުކުރުންމަތީ ދެމިތިބެން ޖެހޭނެ: ޚުޠުބާ

ކުރެވުނު އަމަލެއްގެ މޮޅުކަމުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަގީންވީކަމަށް ދެކިގެން ނުވާނެ، ހެޔޮ އަމަލުކުރުންމަތީ ދެމިތިބެން ޖެހޭނެ: ޚުޠުބާ

ގުޅުންހުރި

ކުރެވުނު އަމަލެއްގެ މޮޅުކަމުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަގީންވީކަމަށް ދެކިގެން ނުވާނެ ކަމަށާއި، ހެޔޮ އަމަލުކުރުންމަތީ އަބަދުވެސް ދެމިތިބެން ޖެހޭ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ރަމަޟާން މަހަށްފަހު ހެޔޮ އަމަލު ކުރުންމަތީ ދެމި ތިބޭށެވެ!" މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުުރު ޚުޠުބާގައި ވިދާޅުވީ ހެޔޮކަމެއް ކުރެވިއްޖެނަމަ އެ ހެޔޮކަމެއް ކުރެވުމުން އޭގެ ފަހުގައި އެއަށް އަމަލުކުރުންމަތީ ދެމިތިބެން ޖެހޭނެ ކަމުގައެވެ. އަދި ކުރެވުނު ޢަމަލެއްގެ މޮޅުކަމުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަގީވީކަމަށް ދެކިގެން ނުވާނެކަމަށާއި، މި ބަތަކާތްތެރި މައްސާރާއި ވިދިގެން އަދާކުރުމަށް އަމުރު ކުރައްވާފައިވާ އަޅުކަމެއްވާކަން ޚުޠުބާގައި ހަނދާން ކޮށްދީފައި ވެއެވެ.

އެއީ ފިތުރު ޒަކާތެވެ. ފިތުރު ޒަކާތަކީ ރޯދަމަހު ރޯދަހިފިއިރު ކުރެވިފައިވާ އުނިކަންކަން ފޫބައްދާދޭ ކަމެކެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން ފިތުރު ޒަކާތް ނެރުމަށް އަވަސް ވެގަންނަންޖެހޭ ކަމަށާއި، އީދުވިލޭ ރެއާއި އީދު ދުވަހު ކެއިން ބުއިމަށްފަހު ފުދި އިތުރުވާ ކޮންމެ މީހެއްގެ މަތީން މިޒަކާތް ނެރުން ވާޖިބުވެގެން ވާކަމުގައެވެ.

ޚުޠުބާގައި ވިދާޅުވީ ފިތުރު ޒަކާތް ނެރޭނީ އީދު ނަމާދުގެ ކުރީންކަމަށެވެ. އަދި މިކަމަށް ސަމާލުކަން ދީ ފިތުރު ޒަކާތް ނެރުމަށް އަވަސް ވެގަތުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ