އައްޒާގެ ރައްޔިތުން ސޫދާން، ސޯމާލިއާ އަދި ސޯމާލިލޭންޑުގައި އަހުލުވެރި ކުރުވުމަށް އެމެރިކާއާއި އިޒްރޭލުން ދަނީ މަޝްވަރާ ކުރަމުން: ރިޕޯޓު

އައްޒާގެ ރައްޔިތުން ސޫދާން، ސޯމާލިއާ އަދި ސޯމާލިލޭންޑުގައި އަހުލުވެރި ކުރުވުމަށް އެމެރިކާއާއި އިޒްރޭލުން ދަނީ މަޝްވަރާ ކުރަމުން: ރިޕޯޓު

ގުޅުންހުރި

ހުކުރު ދުވަހު އެސޯސިއޭޓެޑް ޕްރެސްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އެމެރިކާ އަދި އިސްރާއީލުން ޣައްޒާއިން ފަލަސްތީނުން އަލުން ބިނާކުރުމަށްޓަކައި ސޫދާން، ސޯމާލިއާ އަދި ސޯމާލިލޭންޑްގެ ސަރަހައްދުތައް ބޭނުންކުރުމާ ބެހޭގޮތުން އެ ޤައުމުތަކުގެ އިސްވެރިންނާ މަޝްވަރާކުރަމުންދާކަމަށެވެ.

އެގޮތުން އައްޒާގެ ރައްޔިތުން ސޫދާން، ސޯމާލިއާ އަދި ސޯމާލިލޭންޑުގައި އަހުލުވެރި ކުރުވުމަށް އެމެރިކާއާއި އިޒްރޭލުން ދަނީ މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

ސޫދާނުގެ އޮފިޝަލުން މި ހުށަހެޅުން ރައްދު ކޮށްފައިވާކަމަށް ބުނެފައިވާއިރު، ސޯމާލިއާ އަދި ސޯމާލިލޭންޑްގެ އޮފިޝަލުން ބުނެފައިވަނީ އެއްވެސް މުޢާމަލާތެއް ހިންގާފައިނުވާކަމަށް އެޕީން ރިޕޯޓުކޮށްފައިވެއެވެ.

ވައިޓް ހައުސްއާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރޮއިޓަރސްއިމް ކޮމެންޓަށް އެދުމުން ވަގުތުން ޖަވާބެއް ދީފައިނުވެއެވެ. ސޯމާލިއާ އަދި ސޯމާލިލޭންޑްގެ އިންފޮމޭޝަން މިނިސްޓަރުންނަށް ރޮއިޓަރސްއިން ގުޅުމުން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

ސޫދާންގެ ބޮޑު ހަނގުރާމައެއްގެ ސަބަބުން 12 މިލިއަން މީހުން ގެދޮރު ދޫކޮށް ރަށްރަށަށް ފިލައިގެން އުޅޭއިރު، އަމިއްލަ ރައްޔިތުންވެސް ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާ ސޫދާންގެ ފޮރިން މިނިސްޓްރީން ރޮއިޓަރސްގެ ކޮމެންޓަށް އެދުމުން ވަގުތުން ޖަވާބެއް ދީފައިނުވެއެވެ.

މި މަހުގެ ކުރީކޮޅު، ޢަރަބި ލީޑަރުން ޣައްޒާ އަލުން ބިނާކުރުމަށް 53 ބިލިއަން ޑޮލަރުގެ އިޖިޕްޝަން ޕްލޭނެއް ފާސްކޮށްފައިވެއެވެ. މި ޕްލޭންގައި ފަލަސްތީނުން އެ ސަރަހައްދުން ނެރުމަކާ ނުލައި އަލުން ބިނާކުރުމަށް ބުނެފައިވާއިރު، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނުންހުރި "މިޑްލް އީސްޓް ރިވިއެރާ" އާ ހިލާފު ވިސްނުމެކެވެ.

މި ޕްލޭން ފާސްކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސޫދާން އަދި ސޯމާލިއާ ހިމެނެއެވެ.

ޓްރަމްޕް ހުށަހަޅާފައިވަނީ، ޣައްޒާގެ ބާރު އެމެރިކާއިން ނަގައިގެން އަލުން އެތަން ބިނާކުރުމަށެވެ. އަދި އޭގެ ކުރިން ބުނެފައިވަނީ ފަލަސްތީނުން އެތަނުން ދާއިމީކޮށް ބަދަލުކުރަންޖެހޭނެ ކަމަށެވެ.

ޓްރަމްޕްގެ ޕްލޭނާއެކު، ފަލަސްތީނުންގެ ދިގު މުއްދަތުގެ ބިރަކީ އެމީހުންގެ ގެދޮރުން ދާއިމީކޮށް ބޭރުކޮށްލާނެކަމުގެ ބިރެވެ. އަދި މި ޕްލޭނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދެކޮޅުހަދާފައިވެއެވެ. ޣައްޒާގެ ހެލްތު އޮފިޝަލުން ބުނާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުން 48,000 އަށްވުރެ ގިނަ ފަލަސްތީނުން މަރާލާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ