ފްލެޓް ލިސްޓަށް ހުށަހެޅޭ ޝަކުވާތަކުގެ ހެކި ހުެއްޖެނަމަ ވެރިފައި ކުރާނެ: ހައުސިން މިނިސްޓްރީ

ފްލެޓް ލިސްޓަށް ހުށަހެޅޭ ޝަކުވާތަކުގެ ހެކި ހުެއްޖެނަމަ ވެރިފައި ކުރާނެ: ހައުސިން މިނިސްޓްރީ

Author
ހުސައިން
05 މާރޗް 2025 08:31
0

ފްލެޓް ލިސްޓާމެދު ހުށަހެޅޭ ޝަކުވާތަކުގައި ސާބިތުވާވަރުގެ ހެކި ހިމެނޭނަމަ އެކަންތައް ވެރިފައިކޮށް ދިރާސާކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، އެންމެ ފަހުން އާންމުކުރި ފްލެޓް ލިސްޓަށް ބަދަލު އަންނާނެކަން ނުވަތަ ނޫންކަން މި މަރުހަލާގައި ހާމަކުރެވެން ނެތް ކަމަށެވެ.

"ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ ސަރުކާރުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެކަމަށް ޗެލެންޖު ކުރުމަށް ފްލެޓަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ލިބިގެންދިޔަ ފުރުސަތެއް," ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ، ހުށަހެޅޭ ޝަކުވާތައް ދިރާސާކުރުމުން ލިސްޓަށް ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ. އަދި ހުށަހެޅޭ ޝަކުވާތައް ވީއެންމެ ތަފްސީލުކޮށް ބަލަމުން ގެންދާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް ލިބޭކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ލިސްޓް މުރާޖައާ ކުރުމަށްފަހު، ޝަރުތު ހަމަވާ މީހުންގެ ލިސްޓް މި ސަރުކާރުން އިއުލާންކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އަލުން ނެރުނު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ މީހުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.