އިރާނުން ވައްޓާލި ބޯޓުގައި ދަތުރު ކުރި ފެސެންޖަރުންގެ އާއިލާތަކަށް ބަދަލު ދިނުމަށް އިރާނުން ވަނީ ނިންމާފަ

އިރާނުން ވައްޓާލި، ބޯޓުގެ ކޮންމެ ފެސެންޖަރެއްގެ އާއިލާއަށް 150،000 ޑޮލަރު ބަދަލުގެ ގޮތުގައި ދެނީ

އިރާނުން ވައްޓާލި، ބޯޓުގެ ކޮންމެ ފެސެންޖަރެއްގެ އާއިލާއަށް 150،000 ޑޮލަރު ބަދަލުގެ ގޮތުގައި ދެނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

މީގެ 1 އަހަރުކުރިން، އިރާނުގެ އެއަރޕޯޓުން ފުރައިގެން ދަނިކޮށް، އެގައުމުގެ އަސްކަރިއްޔާއިން ފޮނުވި މިސައިލެއް އަމާޒުވެގެން، ވެއްޓުނު، ޔޫކުރެއިންގެ މަތިންދާ ބޯޓުން ދަތުރުކުރިން ކޮންމެ މީހެއްގެ އާއިލާއަކަށް ބަދަލުގެ ގޮތުގައި 150،000 އެމެރިކާ ޑޮލަރު ދިނުމަށް އިރާނުން ނިންމައިފިއެވެ.

އިރާނުގެ ރައީސްގެ އޮފީހުގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓުން ބުދަ ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ބުދަ ދުވަހު ބޭއްވުނު ހަސަން ރޫހާނީގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ، މިއަދަދު ނުވަތަ މިއަދަދަށްވާ ޔޫރޯ، މިހަމަލާގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފައި ކަމުގައެވެ.

“މި ބަދަލުގެ ސަބަބުން، އިރާނުގެ ކޯޓުގައި މިހާރު ކުރިޔަށްދާ މިމައްސަލައާއި ގުޅޭ ޝަރީއަތްތަކަށް އެއްވެސް އަސަރެއް ނުކުރާނެ،” އިރާނުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. މިބަޔާނުގައި، މިފައިސާތައް މިހާރު ހުރީ އާއިލާތަކާއި ހަވާލު ކުރުމަށް ތައްޔާރުވެފައިކަމަށް ބުނެފައިވި ނަމަވެސް، މިފައިސާތައް އާއިލާތަކާ ހަވާލު ކުރާނެ އިރެއް ހާމަ ކޮށްފައެއް ނުވެއެވެ.

މިބަޔާނުގައި އިތުރަށް ބުނެފައި ވާގޮތުގައި، އިރާނުގެ ކެބިނެޓުން ނިންމާފައިވަނީ، އެއްވެސް ގައުމެއްގެ ރައްޔިތަކަށް ވުމުގެ ސަބަބުން ތަފާތު ކުރުމެއްނެތި، އެއާއިލާއެއް ނިސްބަތްވާ ގައުމެއްގެ އުސޫލަކާއި އެއްގޮތްވާ ގޮތުގެމަތިން މިފައިސާ އާއިލާތަކާ ހަވާލު ކުރުމަށެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހު، ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންސް ފްލައިޓް 752 ވެއްޓިފައިވަނީ، އިރާނުގެ ތެހެރާނުގެ އެއަރޕޯޓުން ނައްޓާލިތާ 8 މިނިޓް ފަހުންނެވެ. މި ހާދިސާގައި، މި ފްލައިޓުން ދަތުރުކުރިން 167 ފަސެންޖަރުންނާއި 9 ކުރޫންވެސް ވަނީ މަރުވެފައެވެ.

ބޯޓު ވެއްޓުނުތާ 3 ދުވަސްފަހުން، އިރާނުގެ ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްގެ ފަރާތުން އެއްބަސް ވެފައިވަނީ، ބޯޓު ވައްޓާލެވުނީ، އެރި އޮޅުމެއްގެ ސަބަބުން، ބޯޓަށް އަމާޒުކޮށް އިރާނުގެ އަސްކަރިއްޔާއިން ފޮނުވާލި މިސައިލް ހަމަލާއެއްގެ ސަބަބުން ކަމަށެވެ.

މި ބޯޓު ވެއްޓިފައިވަނީ، އިރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު ގައްސާމް ސުލައިމާނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޯޑަރަށް، އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން، އިރާނުގެ ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްއިން، އިރާގުގައި ހުރި އެމެރިކާގެ ދެ ބޭސްއަކަށް މިސައިލް ހަމަލާތައް ދިންތާ މަދު ގަޑިއިރެއްގެ ތެރޭގައެވެ.

މި ފްލައިޓުގައި މައިގަޑު ގޮތެއްގައި ދަތުރު ކޮށްފައިވަނީ، ކެނެޑާގެ ރައްޔިތުކަން އޮންނަ އިރާނުގެ ރައްޔިތުންނެވެ. މިއެންމެންވެސް ދަތުރު ކުރަމުން ދިޔައީ، ޔޫކްރޭންގެ ވެރިރަށް ކީވްގައި މަޑުކުރުމަށްފަހު ކެނެޑާއަށް ދިއުމަށްޓަކައެވެ.

އިރާނުން މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށް ނިންމާފައިވި ނަމަވެސް، ދެގައުމެއްގެ ރައްޔިތަކަށް ވުން، އިރާނުން ރަސްމީކޮށް ބަލައި ނުގަންނާތީ، ބަދަލު ދިނުމުގެ މައްސަލައަށް ވަނީ އުދަގޫތަކެއް ކުރިމަތިވެފައެވެ.

ބުދަ ދުވަހު ބޭއްވުނު އިރާނުގެ ކެބިނެޓް ބައްދަލުވުމަށްފަހު، އެގައުމުގެ ރޯޑް މިނިސްޓަރު މުހައްމަދު އިސްލާމީ ވިދާޅުވެފައިވަނީ، މިހާދިސާއާއި ގުޅޭ ރިޕޯޓު އެކުލަވާލާ މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

“އެންމެ ފަހުގެ ރިޕޯޓު އިގިރޭސިބަހުން ތައްޔާރުކޮށް، ކަމާ ގުޅުންހުރި ހުރިހާ ފަރާތަކާ މިހާރު ވަނީ ހިއްސާ ކުރެވިފަ،” މިރިޕޯޓު ވަރަށް އަވަހަށް، އިރާނުގެ ސިވިލް އޭވިއޭޝަން އޯގަނިޒޭޝަނުން އާންމު ކުރާނެކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅޭގޮތުން އިރާނުގެ އޭވިއޭޝަނުން އެންމެ ފުރަތަމަ ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ބޯޓަށް ފުރަތަމަ އެރި މިސައިލް ހަމަލާ އެރުމަށްފަހުވެސް، ބޯޓުގައި ދަތުރުކުރި އެއްވެސް މީހަކު މަރުވެފައި ނުވެއެވެ.

އެހެންނަމަވެސް، ބޯޓު ވެއްޓިފައިވަނީ، ފުރަތަމަ ހަމަލާ ބޯޓަށް އެރިތާ 25 ސިކުންތު ފަހުން، ބޯޓަށް އެރި ދެވަނަ މިސައިލް ހަމަލާއާއެކު ކަމަށް މިރިޕޯޓުގައި ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.