ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި ހއ. ހޯރަފުށީގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅުނު ދިވެހި ފިރިހެނަކު ފުލުހުންގެ އަމުރަށް ނުކިޔަމަނެތެރި ވެގެން ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުގެ ރޭ 23:21 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ބާރުގެ ބޭނުންކޮށްގެންނެވެ.
ނަމަވެސް މައްސަލައިގެ ބާވަތުން ތަހްގީގަށް ހުރަސްއެޅިދާނެތީ އިތުރު މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.