ގްރީން ޓެކްސްގެ ގޮތުގައި ފާއިތުވި އަހަރު ދައުލަތަށް އެއް ބިލިއަން ރުފިޔާއާގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ގްރީން ޓެކްސްގެ އާމްދަނީ އަށް ޕަސެންޓް އިތުރުވެފައިވާއިރު، 2023 ވަނަ އަހަރު މި ޓެކްސްގެ ގޮތުގައި 65.1 މިލިއަން ޑޮލަރު (999 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.
މި އަހަރުގެ ތެރޭގައި ގްރީން ޓެކްސް ނަގާ ރޭޓަށް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކުރިން ނަގަމުން އައި ތިން ޑޮލަރުގެ ބަދަލުގައި، މިހާރު ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން ދަނީ ހަ ޑޮލަރެވެ.