ބިންހެލުން އައި ސަރަހައްދުގެ 60 ކިލޯމީޓަރު ދުރު ސަރަހައްދުތަކުގައި ހުރި ބައެއް ގެތައްވެސް ވަނީ ބިމާ ހަމަވެފަ

ކްރޮއޭޝިއާއަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ

ކްރޮއޭޝިއާއަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ކްރޮއޭޝިއާގެ މެދުތެރޭ ސަރަހައްދެއް ކަމުގައިވާ، ޕެޓްރިންޖާ ނަމަކަށް ކިޔާ ޓައުނަކަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުމަށްފަހު އެންމެފުރަތަމަ ލިބެމުންދާ ސިސްމޮލޮޖިކަން ރިޕޯޓުތައް ބުނާ ގޮތުގައި، މިބިންހެލުން އެންމެ ވަރުގަދައަށް އައިސްފައިވަނީ، ކްރޮއޭޝިއާގެ ވެރިރަށުގެ އިރުދެކުނު ސަރަހައްދެއް ކަމުގައިވާ ޒެގްރެބަށް 6.3 މެގްނިޓުއުޑް ބާރު މިނުގައެވެ. މިމިންގަޑުން އަންނަ ބިންހެލުންތަކުގެ ގެއްލުން ވަރަށް ބޮޑު ސަހައްދަކަށް ފެތުރިގެން ދާނެކަމަށް މީޑިއާ ރިޕޯތައް ބުނެއެވެ.

މިސަރަހައްދަށް، މިހަފްތާގެ ހޯމަ ދުވަހުވެސް ވަނީ، 5.2 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ.

ކްރޮއޭޝިއާގެ ރެޑްކްރޮސްއިން މައުލޫމާތު ދޭގޮތުގައި، ބިންހެލުމަށްފަހު، ކްރޮއޭޝިއާގެ ޕެޓްރިންޖާގެ ހާލަތު ވަރަށް ބޮޑަށް ސީރިއަސްވެގެން، އެ ޖަމްއިއްޔާއިން ދަނީ މިހާރު ހަރަކާތްތެރި ވަމުންނެވެ.

“ބެލޭވޭ ގޮތުގައި މިއައީ ވަރަށް ބާރުގަދަ ބިންހެލުމެއް، އެހެންކަމުން، މި ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނެ،” ލަންޑަނުގެ އިމްޕީރިއަލް ކޮލެޖްގެ ސިސްމޮލޮޖިސްޓް ސްޓެފެން ހިކްސް ވިދާޅުވިއެވެ.

ބިންހެލުން އައި ސަރަހައްދުގެ ބައެއް އިމާރާތްތައް މިބާ ހަމަވެފަ

ކްރޮއޭޝިއާގެ މީޑިއާތައް ބުނާ ގޮތުގައި، ބިންހެލުމުގެ ސަބަބުން، ބިންހެލުން އައި ސަރަހައްދުން ގިނަބަޔަކަށް އަނިޔާ ލިބިފައިވި ނަމަވެސް، އެސަރަހައްދުގެ މުވާސަލާތީ ޚިދުމަތަށް ބުރޫ އަރާފައި ވުމުގެ ސަބަބުން، އަނިޔާ ލިބުނު މީހުންގެ ފުރިހަމަ ތަފްސީލުތަކެއް ލިބެމުންނެއް ނުދެއެވެ.

ޚަބަރުތައް ބުނާގޮތުގައި، ބިންހެލުން އައި ސަރަހައްދު ކަމުގައިވާ ޒަގްރެބްގެ 60 ކިލޯމީޓަރު ދުރުން އޮންނަ ޕެޓްރިންޖާ ސަރަހައްދުގެ އިމާރާތަތައްވެސް ވަނީ ބިންހެލުމުގެ އަސަރުތައް ކޮށް ބިމާ ހަމަވެފައެވެ.

ޔޫރަޕިއަން މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރުން ހާމަ ކުރާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ޒެގްރެބް ނަމަކަށް ކިޔާ ސަރަހައްދުގެ އިރު ދެކުނުން 46 ކިލޯ މީޓަރު ދުރު ސަރަހައްދަކަށެވެ. ހަމަ މިސަރަހައްދަކީ މި ހަފްތާފެ ހޯމަ ދުވަހު، 5.2 މެގްނިޓިއުޑް ބާރު މިނުގައި ބިންހެލުމެއް އައިސްފައިވާ ސަރަހައްދެކެވެ.

ކްރޮއޭޝިއާގެ ސިސްމޮލޮޖިސްޓެއް ކަމުގައިވާ، ކްރެސިމިރ ކުކު ވިދާޅުވެފައިވަނީ، މި ބިންހެލުމަކީ ބާރުގަދަ ބިންހެލުމެއް ކަމުގައެވެ. އަދި އޭނާ ފާހަގަ ކޮށްފައިވަނީ، މިބިންހެލުމަކީ، ކުރީ ދުވަހު އައިސްފައިވާ ބިންހެލުމަށްވުރެއް އެތައް ގުނައެއް ބާރުގަދަ ބިންހެލުމެވެ.

އަދި އޭނާ އިންޒާރު ދިން ގޮތުގައި، އިމާރާތްތަކަށް އަދިވެސް ގުޑުން އެރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ރައްޔިތުން މިކަމަށް ވަރަށްބޮޑަށް ސަމާލުވެތިބުނަށް އޭނާވަނީ އިލްތިމާސް ކޮށްފައެވެ.

ކްރޮއޭޝިއާއަށް އައި މި ބާރުގަދަ ބިންހެލުމާ ގުޅިގެން އަވައްޓެރި ސްލޮވޭނިއާގެ ކްސްކޯ ނިއުކްލިއަރ ޕްލާންޓް ވަނީ ވަގުތީގޮތުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ނިއްވާލާފައިކަމަށް، މި ނިއުކްލިއަޔ ޕްލާންޓުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

“އަހަރެން ޔަގީން ކޮށްދެން، ސަލާތީ ފިޔަވަޅެއްގެ ގޮތުން ނިއުކްލިއަރ ޕްލާންޓް ނިއްވާލެވިފައި ވާކަން،” ނިއުކްލިއަރ ޕްލާންޓުގެ ތަރުޖަމާން އިދާ ނަވޮކް ޖެރެލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.