މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރަން އެންމެ ގިނަ މަސައްކަތް ކުރީ މި ސަރުކާރުން: ޝިޔާމް

މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރަން އެންމެ ގިނަ މަސައްކަތް ކުރީ މި ސަރުކާރުން: ޝިޔާމް

ގުޅުންހުރި

މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މީގެކުރިން އެއްވެސް ސަރުކާރަކުން މަސައްކަތްނުކުރާ ވަރަށް މިސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައެވެ.

އޭނާ މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު "މަސްވެރިހަވީރު" ގައި ވާހަކަ ދައްކަވަމުންނެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއާއި މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން ގުޅިގެން ބޭއްވި މި ހަވީރު ހުޅުވައިދެއްވީ ވަޒީރު ޝިޔާމާއި، މިފްކޯގެ ސީއީއޯ ވިތާލީ ލުބިމޯފް އަދި ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކުގެ ޖަމްޢިއްޔާގެ ރައީސް އުމަރު ޖަމާލެވެ.

ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި މިހާރު މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ފައިސާ ދޫކުރެވެމުންދެއެވެ. މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިކަން ކަމަށް ފާހަގަކުރައްވައި، އެހެނިހެން ކަންބޮޑުވުންތަކަށްވެސް ހައްލު ހޯދައިދެމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނุމާއި، އައިސް ލިބުމުގެ ދަތިތައް ހައްލުކުރުން ހިމެނެއެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ސިނާޢަތަށް މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، މުސްތަޤުބަލުގައި މަސްވެރިކަމަކީ ދިވެހިން ޝައުޤުވެރިވާ ސިނާޢަތަކަށް ހެދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ދާއިރާއަށް މީހުން ބިނާކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާ ގުޅިގެން މަސްވެރިކަމުގެ ކޮލެޖެއް ޤާއިމްކޮށް، ގިނަ ކޯސްތަކެއް ހިންގަމުން ގެންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ