އަލް-ހަތްލޫލު މިނިވަން ކުރުމަށް ބައިނަލް އަގުވާމީ އެތަކެއް ޖަމްއިއްޔާ ޖަމާއަތްތަކުން ދަނީ ގޮވާލަމުން

އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ސައުދީގެ އަންހެން އެކްޓިވިސްޓް ޖަލަށް ލާން ހުކުމް ކޮށްފި

އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ސައުދީގެ އަންހެން އެކްޓިވިސްޓް ޖަލަށް ލާން ހުކުމް ކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

އަންހެނުންގެ ހައްގުތަކަށާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ، ސައުއިދީ އަރަބިއާގެ އަންހެން އެކްޓިވިސްޓް، ލުޖައިން އަލް-ހަތްލޫލު، 5 އަހަރާއި 8 މަހަށް ޖަލަށް ލާން، ސައުދީގެ ޓެރަރިޒަމް ކޯޓުން ހުކުމް ކޮށްފިއެވެ.

އަލް-ހަތްލޫލު ޖަލަށް ލާން، ސައުދީގެ ކޯޓުން ހުކުމް ކޮށްފައިމިވަނީ، އޭނާ ޖަލުން މިނިވަންކުރުމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުލުރާ އެތަކެއް ޖަމްއިއްޔާ ޖަމާއަތްތަކުން ސައުދީ ސަރުކާރަށް ގޮވާލަމުން ދަނިކޮށެވެ.

ސައުދީ އަރަބިއާގެ ސަރުކާރަށް ތާއީދުކުރާ ނޫހެއްކަމުގައިވާ، ސަބްޤް ނޫހުން މައުލޫމާތު ދޭގޮތުގައި، އަލް-ހަތްލޫލްގެ މައްޗަށް ވަނީ، ސައުދީގެ ސަރުކާރަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމާއި، ގައުމުން ބޭރުގެ އެޖެންޑާތައް އެގައުމުގައި ހިންގުމަށް މަސައްކަތް ކުރުމާއި، އަދީ މީގެ އިތުރުން، އާންމު މަސްލަހަތު ގެއްލުވާލުމަށް އިންޓަރނެޓްގެ ބޭނުންކުރުމުގެ ދައުވާވެސް ސާބިތުވެފައެވެ.

ކޯޓުން ހުކުމް އިއްވަމުން ވަނީ، މުޅި ހުކުމުގެ ތެރެއިން 2 އަހަރާއި 10 މަސްދުވަސް، ހުކުމުން ތަންފީޒުކުރުން ލަސްކުރުމަށް ހުކުމުގައި ވަނީ ހިމަނާފައެވެ.

ސައުދީގެ ޝަރުޢީ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން، ހުކުމް އިސްތިއުނާފް ކުރުމަށް، އަލް-ހަތްލޫލަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.

އަލް-ހަތްލޫލް، 31، ސައުދީ ސަރުކާރުން ހައްޔަރު ކޮށްފައިވަނީ، 2018ވަނަ އަހަރު، އަންހެނުންގެ ހައްގުތަކަށް ސައުދީގައި ވަކާލާތުކުރަމުން ދިޔަ އިތުރު އެތައް އެކްޓިވިސްޓާކަ އެއްކޮށެވެ.

އަލް-ހަތްލޫލްގެ މައްޗަށް ސައުދީ ސަރުކާރުން ކޮށްފައިވާ ތުހުމަތުތަކާއި، އަދި ފާއިތުވެދިޔަ 2 އަހަރާއި ބައިވަންދެން އޭނާ ޖަލުގައި ބަންދުކޮށްގެ ގެންގުޅުނު ގެންގުޅުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެތަކެއް ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ މަމްބަރުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލިހުގެވެސް އެތަކެއް މެމްބަރުންނެއްގެ ފާޑުކިއުންވަނީ އަމާޒު ވެފައެވެ.

އިންސާނީ ހައްގުތަކަށް ވަލާތުކުރާ ގުރޫޕެއް ކަމުގައިވާ، ALQSTއިން ބުނެފައި ވަނީ، އަލް-ހަތްލޫލްގެ ޝަރީއަތުގައި ބޭއިންސާފުން އެތައްކަމެއް ހިގާފައި ވާކަމަށެވެ. މީގެތެރޭގައި، އޭނާގެ މައްޗަށް ހިންގުނު ތަހުގީގުގައި، އޭނާ ހިންގަމުންދިޔަ އިންސާނީ ހައްގުތަކާއި ގުޅުންހުރި މަސައްކަތްތަކާ ދެކޮޅަށް އޭނާގެ އަމިއްލަ އިއުތިރާފް ހިމެނިފައި އޮތް އޮތުންވެސް ހިމެއެވެ.

“ލުޖައިން އަލް-ހަތްލޫލްގެ ޝަރީޢަތާގުޅޭ ގިނަ މައުމޫލާތު ހާމަވަމުން އައިވަރަަކަށް، އެޝަރީއަތް ހިންގާފައިވަނީ ބޭއިންސާފުންކަށް މިދަނީ ހާމަވަމުން،” ALQSTގެ އެގްޒެކެޓިވް ޑިރެކްޓަރ އަލާ އަލް-ސިއްދީގު ވިދާޅުވިއެވެ.

“އޭނާގެ މައްޗަށް ކުރިވިފައިވާ ދައުވާތަކުންނާއި، އަދި އަދި އޭނާ ކުރަމުންއައި ސުލްހަވެރި، އިންސާނީ ހައްގުތަކާ ގުޅުންހުރި މަސައްކަތްތަކާއި ގުޅުންހުރި ހެކިތަކުންނާއި، އަދި އޭނާގެ މައްޗަށް ދައުވާކުރުމަށް މައްސަލަ ސައުދީގެ ޓެރަރިޒަމް ކޯޓަށް ފޮނުވި ފޮނުވުމުންނާއި އަދި މީގެ އިތުރުން، ސައުދީގެ ކައުންޓަރ-ޓެރަރިޒަމް ގާނޫނުން އޭނާގެ މައްޗަށް ދައުވާ ކުރިކުރުމުން އެކަނިވެސް، ސައުދީ ސަރުކާރުން އިންސާފަށް ޖެއްސުން ކޮށްފައިވާ މިންވަރު ވަރަށް ރަގަޅަށް ދހަ ވެގެންދޭ، އަދި ބައިނަލް އަގުވާމީ މުޖުތަމަޢުން މިކަންކަމާ ދެކޮޅަށް އަޑު އުފުލަންވާނެ.”

އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުންވަނީ، ސައުދީ ސަރުކާރުން އަލް-ހަތްލޫލު ހައްޔަރުކުރުމަށްފަހު، އޭނާއަށް ކުރިމަތިވި، އަނިޔާއާއި އަދި ޖިންސީ ފުރައްސާރަތަކާއި ގުޅޭ ގިނަ ލިޔެކިއުންތަކެއް އެއްކޮށް ޖަމާ ކޮށްފައެވެ.

އަލް-ހަތްލޫލުގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި، އޭނާއަށް އަނިޔާ ކޮށްފައިވަނީ، ސައުދީ ވަލީއަހުދު، މުހައްމަދު ބިން ސަލްމާނުގެ ގާތް ބޭފުޅެއްކަމުގައިވާ، ސައުދު އަލް-ގަތަނީގެ ހާޒިރުގައެވެ.

ސައުދީ ސަރުކާރަށް ތާއީދުކުރާ ސަބްޤް ނޫހުން ހާމަކޮށްފައިފާ ގޮތުގައި، އަލް-ހަތްލޫލުގެ މައްޗަށް ހުކުމް އިއްވާފައިވަނީ، ސައުދީ ޕްރޮސެކިއުޓަރުންގެ އިތުރުން، އަލް-ހަތްލޫލުގެ ވަކީލުންނާއި، ސައުދީ ސަރުކާރުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ސައުދީގެ ބައެއް މީޑިއާތަކުގެވެސް ހާޒިރުގައެވެ.

ސައުދީ ސަރުކާރުންވަނީ، 2014 ވަނަ އަހަރު، އަލް-ހަތްލޫލު ކުޑަކުދިން ބަންދިކޮށްފައި ބައިތިއްބާތަނެއްގައި ބަންދުކޮށް ޖަލަށް ލާފައެވެ. އޭރު އޭނާ ބަންދު ކޮށްފައިވަނީ، އަވައްޓެރި ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ކާރުގައި ދުއްވާފައި ސައުދީ އަރަބިއާއަށް އެތެރެވާން މަސައްކަތް ކުރުމުންނެވެ.

އެހެންނަވަސް، 73 ދުވަސްވަންދެން، ބައިނަލް އަގުވާމީ ފަރާތްތަކުން އޭނާ ދޫކުރުމަށް އެދި ކުރި ކެމްޕޭންތަކުގެ ނަތީޖާއެއްގެ ގޮތުން، ސައުދީ ސަރުކާރުން އޭނާ މިނިވަން ކުރިއެވެ.

އަލް-ހަތްލޫލު ހިމެނެނީ، 2018 ވަނަ އަހަރު، ސައުދީ އަރަބިއާގައި، ކާރު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދޫކުރުމުގެ ކުރިން، ކާރުދުއްވުމުގެ ހައްގު އަންހެނުންނަށް ލިބެންވާނެ ކަމަށް ވަކާލުތު ކުރަމުން އައި މަދު އަންހެން އެކްޓިވިސްޓުންގެ ތެރޭގައެވެ. އަދި ސައުދީގައި، އަންހެނުންނަށް ދަތުރު ކުރުމާއި މިނިވަންކަމާއެކު އުޅުމަށް ހުރަސްއަޅާގޮތަށް، އެގައުމުގައި އަންހެނުންގެ މައްޗަށް އޮންނަ ފިރިހެނުންގެ ބަލަދުވެރިކަންވެސް އުވާލުމަށް ގޮވާލަމުންއައި ސައުދީގެ އަންހެން އެކްޓިވިސްޓުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.