ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހައިން ހިދުމަތް ލިބިގަނެވޭނެ އާ ސިސްޓަމެއް މީރާއިން ގާއިމް ކުރަނީ

ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހައިން ހިދުމަތް ލިބިގަނެވޭނެ އާ ސިސްޓަމެއް މީރާއިން ގާއިމް ކުރަނީ

Author
ޙަސަން މުޙައްމަދު
26 އޮކްޓޯބަރ 2024 10:41
0

ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހައިން ހިދުމަތް ލިބިގަނެވޭނެ އާ ސިސްޓަމެއް މީރާއިން ގާއިމްކުރަން ފަސާފައިވާކަމަށް މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެފައިވެ އެވެ.

މި ސިސްޓަމަކީ އީ-ޓެކްސް އިންވޮއިސް ސިސްޓަމެއްގެ ގޮތުގައި ތައާރަފް ކުރެވޭނެ ސިސްޓަމެއް ކަމަށާއި، އެ މެދުވެރިކޮށް ވިޔަފާރިތަކުގެ ސިސްޓަމްތަކާއި މީރާގެ އިންވޮއިސް ސިސްޓަމް ގުޅާލެވޭނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި މިހާރު ބޭނުންކުރަމުންދާ ސިސްޓަމްތައް އަޕްގްރޭޑް ކުރުމަށްފަހު މި އާ ސިސްޓަމް ތައާރަފް ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މީރާއިން މިހާރު ދަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލަމުންނެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންސަލްޓަންޓުންގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުގެ ހިޔާލުވެސް ހޯދަމުންދާ ކަމަށް މީރާއިން މައުލޫމާތު ދީފައިވެ އެވެ.

މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޓެކްސް އޮތޯރިޓީގެ ގޮތުގައި މީރާ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މީރާގެ ހިދުމަތްތައް ޒަމާނީ ކުރުން ކަމަށްވެސް ޒަރީރު ފާހަގަކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.