މިދިޔަ ސެޕްޓެމްބަރުމަހު 2.30 ބިލިޔަން ރުފިޔާ މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް ދައުލަތައް ބަލައި ގަނެފައިވާ ކަމަށް އެއޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ ސެޕްޓެމްބަރުމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %28.7 އިތުރު އަދަދެކެވެ.
ސެޕްޓެމްބަރ މަހު ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 229.95 މިލިޔަން ރުފިޔާ، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 147.99 މިލިޔަން ރުފިޔާ، އެއާޕޯރޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.78 މިލިޔަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 409.95 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 102.05 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ސެޕްޓެމްބަރު 2023 އާއި އަޅައިބަލާއިރު، ސެޕްޓެމްބަރު 2024 ގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ އަދި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.