ކޯވިޑަށް ޕޮޒިޓިވް އަވަހާރަވިއިރު، މާލީގެ އިދިކޮޅު ލީޑަރުވަނީ، އަންނަ އަހަރު ބޭވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތޚާބުގައި ވާދަ ކުރެއްވުމަށް ނިންމަވާފަ

ކޯވިޑަށް ޕޮޒިޓިވްވެ، މާލީގެ އިދިކޮޅު ލީޑަރު އަވަހާރަވެއްޖެ

ކޯވިޑަށް ޕޮޒިޓިވްވެ، މާލީގެ އިދިކޮޅު ލީޑަރު އަވަހާރަވެއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ކޯވިޑް19އަށް ޕޮޒިޓިވްވެ، މާލީގެ އިދިކޮޅު ލީޑަރު، ސުމައިލާ ސިއްސޭ އަވަހާރަ ވެއްޖެއެވެ.

މާލީގެ ހަތިޔާރު އެޅި ޖަމާއަތަކުން ވަނީ، މިއަހަރު ކުރީކޮޅު، ސިއްސޭ، 71، ކިޑްނެޕްކޮށް، ހަމަސްދުވަސް ވަންދެން ހައްޔަރު ކޮށްގެން ގެންގުޅެފައެވެ. އޭނާއަކީ، 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ، މާލީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެންމެ ވާދަވެރި އިދިކޮޅު ކެޑިޑޭޓް ވެސްމެއެވެ.

ސިއްސޭގެ އެންމެ ދޮށީ ދަރިފުޅ ބޮކާރ ހުކުރުދުވަހު އެސޯޝިއޭޓް ޕްރެސް ނިއުސް އޭޖެންސީއަށް މައުލޫމާތުދެމުން ބުނެފައިވަނީ، ސިއްސޭ އަވަހާރަވެފައިވަނީ، ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން ކަމުގައެވެ. “ޑޮކްޓަކުން ބައްޕަ ދުނިޔޭގެ ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މައްސައްކަތެއް ކުރި. އެހެންނަމަވެސް، އެއީ ކަލާގެ ނިންމެވުން،” ސިއްސޭގެ ދޮށީ ދަރިފުޅު ބުނެފައި ވެއެވެ.

ސިއްސޭ އަވަހާރަވުމާއި ގުޅިގެން، މާލީގެ ސިޔާސީ މަސްރަހު އަނެއްކާވެސް ސުވާލު މާކެއްގެ ތެރެއަށް ދާނެއެވެ. މާލީގައި ބޭއްވުނު، ފާއިތުވެދިޔަ 3 ރިޔާސީ އިންތިޚާބުގައިވެސް، ދެވަނައަށް އެންމެ ކައިރިން ވާދަކޮށްފައިވާ، ސިއްސޭވަނީ، އިދިކޮޅު ލީޑަރެއްގެ ގޮތުގައި ކުރިން މާލީގެ ގާނޫނު ހަދާ މަޖިލީހުގައިވެސް އިންނަވާފައެވެ. މާލީގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތަތްކުން ބުނާ ގޮތުގައި، 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު، އެންމެފަހުން ކާމިޔާބުކުރުމުގެ ފުރުސަތު މިފަހަރު އެންމެ ބޮޑަށް އޮތީ ސިއްސޭއަށެވެ.

މިއަހަރު މާރޗްމަހު، ސިއްސޭގެ އަމިއްލަ އަވަށް ކަމުގައިވާ، މާލީގެ އުތުރުގެ އަވަށެއްކަމުގައިވާ ނައިފުންކޭގެ ގާނޫނު ހަދާ މަޖިލީހުގެ ގޮޑިއަށް އޭނާ ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، އަލްގައިދާއަށް ނިސްބަތްވާ ހަތިޔާރު އެޅި ޖަމާއަތަކުންވަނީ އޭނާ ރަހީނު ކޮށްފައެވެ.

އާންމު ރައްޔިތުންގެ ޕްރެޝަރާހެދި، މާލީގެ ސަރުކާރުންވަނީ، މިއަހަރުގެ އޮކްޓޯބަރުމަހު، ސިއްސޭއާއި އަދި އޭނާއާއެކު ހަގުރާމަވެރިން ރަހީނުކުރިން، ފްރާންސް އަދި އިޓަލީގެ ހޮސްޓެޖުން މިނިވަންކުރުމުގެ ބަދަލުގައި، އެގައުމުގެ ޖަލުގައި ހައްޔަރުކޮށްފައިވާ، ހަގުރާމަވެރި ޖަމާއަތަށް ނިސްބަތްވާ 200 ހަގުރާމަވެރިން، މިނިވަން ކޮށްފައެވެ.

އެހެންނަމަވެސް، ސިއްސޭއާއެކު، ފްރާންސް އަދި އިޓަލީގެ ހޮސްޓެޖުން މިނިވަން ކުރުމަށް، ހަގުރާމަވެރިން ޑިމާންޑްކުރި ފައިސާ ޔޫރަޕްގެ ގައުމުތަކުން ދެއްކިކަން ޔަގީން ކުރެވިފައެއް ނުވެއެވެ. އެފްރިކާގެ ގައުމުތަކުގައި ހަރަކާތްތެރިވާ ހަގުރާމަވެރި ޖަމާއަތްތަކުން، ގިނަފަހަރަށް އެ ޖަމާއަތްތަކުގެ އޮޕަރޭޝަންތަކަށް ފަންޑުކުރަނީ، މިގޮތަށް މީހުން ރަހީނުކޮށްގެން ޔޫރަޕްގެ ގައުމުތަކުން ލިބޭ ފައިސާ ހޭދަ ކޮށްގެންނެވެ.

ހަގުރާމަވެރިންގެ އަތްދަށުން މިނިވަން ވުމަށްފަހު، ސިއްސޭ ފްރާސްންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިވްއެއްގައި ވިދާޅުވީ، ހަގުރާމަވެރިން އޭނާއާއި އަދި ރަހީނުކުރި މީހުން އެއްތަނުން އަނެއްތަނަށް ގެންގޮސްފައިވަނީ، ސައިކަލް ތަކުންނާއި، ބޯޓުތައް ބޭނުން ކޮށްގެންނާއި އަދި ޖަމަލުތަކަށް އަރުވައިގެން ކަމަށެވެ. އޭވާ ވިދާޅުވި ގޮތުގައި، ހަގުރާމަވެރިންގެ އަތްދަށުގައި ހޭދަކުރި 6 މަސްދުވަހުގެ ތެރޭގައި، ހަގުރާމަވެރިން ވަނީ، އޭނާ 20 ތަނަކަށް ބަދަލުކޮށްފައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ބަންދުގައި ހޭދަކުރި މުއްދަތުގައި، ހަގުރާމަވެރިން އޭނާއަށް އަނިޔާ ކޮށްފައި ނުވިނަމަވެސް، ޖަންގަލީގައި އުޅެންޖެހުނީ ވަރަށް ދަތި ހާލުގައެވެ. އަދި އެންމެ ކަންބޮޑު ވެވަޑައިގަތީ، ސިއްހީ ފަރުވާއިން މަހުރޫމް ވުމުންކަމުގައިވެސް އޭނާވަނީ ވިދާޅުވެފައެވެ.

ސިއްސޭ ވިދާޅުވެފައިވަނީ، ހަންގުރާމަވެރިންގެ ބަންދުގައި އިންނެވިއިރު، ރޭޑިއޯ އަޑުއެމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، އޭރު އެންމެ ބޮޑަށް ނުރުހުންވީ، މިއަހަރުގެ އޮގްސްޓްމަހު، މާލީގެ އޭރުގެ ރައީސް އިބުރާހިމް ބޯބަކަރު ކެއިޓާ ވެރިކަމުން ދުރުކުރުވުމަށް ގެނެވުނު ބަޢާވާތުގެ ވާހަކަ އަޑުއައްސަވާފައި ކަމުގައެވެ.

މާލީގެ އިންތިގާލީ ރައީސް، ސެމް ބަންޑޯވް ވިދާޅުވެފައިވަނީ، ސިއްސޭގެ މަރުގެ ޚަބަރު އެއްސެވީ ފުންހިތާމައާއި އެކުގައި ކަމަށެވެ. އަދި ވަނީ ސިއްސޭގެ އާއިލާއަށް ތައްޒިޔާ ފޮނުވާފައެވެ. އަދި ވިދާޅުވީ ސިއްސޭގެ މަރުގެ ޚަބަރަކީ މާލީގެ އެތައް މިލިއަން ރައްޔިތުންނަށް ލިބިގެން ދިޔަ ކުއްލި ހައިރާންކަމެއް ކަމުގައެވެ.

ސިއްސޭގެ ޖަނާޒާ ބާއްވާނެ ގޮތުގެ އެއްވެސް މައުލޫމާތެއް މާލީގެ ސަރުކާރުން އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.