އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ރައީސް ދޮގު ކުރައްވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ރައީސް ދޮގު ކުރައްވައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ލިބުނު ކަމުގެ ތުހުމަތުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.

މި ތުހުމަތުތައް ތަކުރާރުކޮށް ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ޔާމީން ވިދާޅުވާ ގޮތުގައި އެ ފައިސާ ރައީސް މުއިއްޒަށް އަދީބު ދިނީ ޖާސޫސްކަން ކުރުމަށެވެ.

ރައީސް ޔާމީން މި ތުހުމަތުތައް ކުރައްވަމުން ގެންދަވާ މަޤްޞަދާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ވާހަކަތައް އަޑުއިވުމުން ހައިރާންވާ ކަމަށެވެ. އަދި އަދީބު ނުވަތަ އެހެން މީހެއްގެ އަތުން އެއްވެސް އިރެއްގައި ފައިސާ ހޯދާފައި ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އަދީބަކީ އަޅުގަނޑަށް ހަމައެކަނި ކެބިނެޓް ވަޒީރެއް. އޭގެ ފަހުން ނައިބު ރައީސަކަށް އައްޔަނުކުރި ފަހުން ވެސް ވަކި ޚާއްޞަ ގުޅުމެއް ބާއްވާފައި ނުވާނެ," ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، "އެއްވެސް އިރަކު ނުހުންނާނެ ނައިބު ރައީސަކަށްވި ފަހުން ވެސް ނުހުންނާނެ މީޓިންގއެއް ކޮށްފައެއް. ވަކިން މީޓިންގ ކުރަން ވެސް ނާންގަވާ. ދެން އެހެން އޮއްވައި ބޮން ގޮއްވުމުގެ ހާދިސާ ހިނގީ."

ރައީސް މުއިއްޒު އަދި ވިދާޅުވީ އަދީބާއި ކެބިނެޓް ބައްދަލުވުމެއް ނުވަތަ ސަރުކާރުގެ ބައްދަލުވުމެއްގައި ނޫން ގޮތަކަށް ބައްދަލުވެފައި ނުވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *