އިގިރޭސިވިލާތުން ފެނުނު މި އާ ސްޓްރެއިންއަކީ ކުރިއަށްވުރެވެސް ފަސޭހައިން ގައިންގަޔަށް ފެތުރޭ ވައިރަހެއް

އިގިރޭސިވިލާތުން ކޯވިޑް19ގެ އާ ވައްތަރެއް އަނެއްކާވެސް ފެނިއްޖެ

އިގިރޭސިވިލާތުން ކޯވިޑް19ގެ އާ ވައްތަރެއް އަނެއްކާވެސް ފެނިއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ކުރިއަށްވުރެވެސް ފަސޭހައިން ގައިންގަޔަށް ފެތުރޭ، ކޯވިޑް19ގެ ބަލި ޖައްސާ ވައިރަހުގެ މުޅިން އާވައްތަރެއް އަނެއްކާވެސް އިންގިރޭސިިވިލާތުން ފެނިއްޖެކަން، އެގައުމުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ހާމަ ކުރައްވައިފިއެވެ.

ހެންކޮށް ވިދާޅުވެފައިވަނީ، ކޯވިޑް19 ޖައްސާ ކޮރޯނާ ވައިރަހުގެ މި އާ ސްޓްރެއިން ފެނުނު ދެމީހުން ދަތުރު ކޮށްފައިވަނީ، ސައުތު އެފްރިކާއިން ކަމަށެވެ. އަދި މިހާރު ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި، މިސްޓްރެން ލިންކް ކުރެވެނީ، ސައުތު އެފްރިކާގައި އާދަޔާ ޚިލާފަށް ކޯވިޑް19 ފެތުރެމުންދާ ސަރަހައްދަކާ ކަމަށްވެސް ހެލްތު ސެކެޓްރީ ވަނީ ވިދާޅުވެފައެވެ.

އިގިރޭސިވިލާތުން މިހާރުވަނީ، ސައުތުއެފްރިކާއަށް ދަތުރުކުރުން މަނާ ކޮށްފައެވެ.

ހެލްތު ސެކެޓްރީ ވިދާޅުވި ގޮތުގައި، ފާއިތުވި 2 ހަފްތާގެ ތެރޭގައި ސައުތުއެފްރިކާ އަށް ދަތުރުކޮށްފައިވާ މީހުންނާއި އަދި އެމީހުންނާ އެއްކޮށް އުޅެފައިވާ އެންމެވެންސް ވަގުތުން ކަރަންޓީނުވުމަށް މިހާރުވަނީ އެންގިފައެވެ.

“ކޯވިޑް19 ބަލި ޖައްސާ ވައިރަހުގެ އިތުރު ވޭރިއަންޓެއް (ވައިރަހުގެ އާ ސްޓްރެއިންއެއް) ފެނިގެން ދިއުމާއެކު، ސައުތު އެފްރިކާއިން ހިއްސާ ކޮށްފައިވާ ސައިންސްގެ ފުރިހަމަ ކަމާ، އަދި އެގައުމުގެ ސަރުކާރުން އަމަލު ކޮށްފައިވާ ގޮތުގެ ހާމަކަން ބޮޑުކަމުން އެކަމާ އަހަރުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން،” ހެންކޮކް ވިދާޅުވިއެވެ.

އެންމެ ފަހުން އިގިރޭސިވިލާތުން ފެނިފައިވާ، – އެއް ވޭރިއަންޓް އިގިރޭސިވިލާތުގެ ދެކުނުގެ ސަރަހައްދުތަކުން، އަނެއް ވޭރިއެންޓް- ދެކުނު އެފްރިކާއިން އެތެރެވި، މި ދެ ވޭރިއަންޓްގެވެސް އެއްގޮތްކަން ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް، ދެ ސްޓްރެއިންވެސް ނިއުޅެމުން އައިސްފައިވަނީ މުޅިން ތަފާތުކޮށް ކަމަށް ސައިންވެރިން ވިދާޅުވެއެވެ.

މި ދެ ސްޓްރެއިންގަވެސް، މިއުޓޭޝަންގެ މުހިންމު ބައެއް ކަމުގައިވާ N501Y ހިމެނެއެވެ. މިއީ، ވައިރަސް ހަށިގަޑަށް ވަނުމަށްފަހު، ހަށިގަޑުގެ ސެލްތަކަށް ބަލިޖެއްސުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.

ޕަބްލިކް ހެލްތް އިންގްލޭންޑް (PHE)ގެ ޕްރޮފެސަރ ސޫސަން ހޮޕްކިންސް ވިދާޅުވެފައިވަނީ، “މި ދެ ސްޓްރެއިންއަކީ އަސްލު ވައިރަހަށްވުރެ އެތައް ގުނައެއް ފަސޭހައި ގައިން ގަޔަށް ވާސިލްވާ ސްޓްރެެއިން އެއް” ކަމަށާއި އަދި އެހެންމަވެސް، ސައުތު އެފްރިކާއިން އެގައުމަށް އެތެރެ ވެފައިވާ ސްޓްރެއިންގެ އަސްލު ސިފަތަށް އަދިވެސް ގެންދަނީ ދިރާސާ ކުރަމުން ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ދަތުރު ފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުންނާއި އަދި، މީހުން ކަރަންޓީން ކޮށްގެން، މި އާ ސްޓްރެއިންތައް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

ކޯވިޑް19ގެ އަސްލު ވައިރަހަށް ވުރެވެސް މާ ފަސޭހަކޮށް ގައިންގަޔަށް ފެތުރޭކަމަށް ބެލެވޭ ކޮރޯނާ ވައިރަހުގެ މި ސްޓްރެއިންތައް ފެތުރިދާނެ ކަމުގެ ބިރަށް ދުނިޔޭގެ އެތައްގައުމަކުން ބޯޑަރުތައް ބަންދުކުރަމުން ދާއިރު، މުޅި ދުނިޔޭގެ ފުޑް ޗެއިނަށްވެސް މީގެ ސަސަބުން ވަރަށް ބޮޑު ބުރުލެއް އަރާފާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

ލަންޑަންގައި ކެފޭތައް ބަންދުކޮށްފައި

ސިއްޙީ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ސްޓްރެއިންތަކަކީ، ކޯވިޑް ކާރިސާގެ ތެރޭގައި ފެނިގެން ގޮސްފައިވާ ކޯވިޑް19 ޖައްސާ ވައިރަހުގެ ފުރަތަމަ ސްޓްރެއިން އެއް ނޫނެވެ. އެހެންނަމަވެސް، މިފަހަރު އިގިރޭސިވިލާތުން ފެނިގެން ދިޔަ، ކޮރޯނާ ވައިރަހުގެ މި ސްޓްރެއިންއަކީ، އަސްލު ވައިރަހަށްވުރެ %70 އިތުރަށް ފަސޭހަކޮށް، ގައިންގަޔަށް ބަލި ފެތުރުމުގެ ގާބިލްކަން ލިބިގެންވާ، އަސްލު ވައިރަހުގެ ނަމަކެއްކަމުގައި ވެއެވެ.

އެމެރިކާގެ ނެވާޑާ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެސިސްޓެންޓް ޕްރޮފެސަރ، ބްރަޔަން ލަބުސް ވިދާޅުވެފައި ވަނީ، މިހާރު ފެނިގެން އުޅޭ ކޯވިޑް19 ބަލިޖައްސާ ކޮރޯނާ ވައިރަހުގެ އާ ސްޓްރެއިންގެ ހަގީގީ ތަފްސީލެއް އަދި އެގޭކަށް ނެތެވެ.

“އާ ސްޓްރެރިން ފެނިގެން ދިއުމުން އޭގެ މާނައަކީ، ވައިރަސް ފެތުރެމުންދާ ގޮތް ބަދަލުވުން ނުވަތަ، އަސްލު ވައިރަސް، އެއްފަހަރަަށް ނުވަތަ ދެފަހަރަށް މިއުޓޭޓް (ވައިރަހުގެ ޑީއެންއޭ އެތުރިފައިވާ ގޮތަށް އަންނަ ބަދަލެއް) ވެގެން ދިއުމުގެ ސަބަބުން، ހަށިގަޑުގެ ދިފާއީ ނިޒާމާއި ވައިރަސް ކުރިމަތިލާ ގޮތް ތަފާތުވެގެން ދިއުން،” ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް އަލަށް ފެންނަ ވައިރަސްތަކުގެ އާ ސްޓްރެއިންތައް ސައިންސްވެރިނަށް ފާހަގަ ކުރެވިގެންދަނީ، ވައިރަހެއް ފެތުރެން ފެށުމާއިއެކު ސައިންސްވެރިން އަބަދުވެސް ވައިރަހުގެ ޖެނެޓިކް މެޓީރިއަލް އެތުރިފައިވާ ގޮތުގެ ތަރުތީބަށް އަންނަމުންދާ ބަދަލުތައް ބަލަމުންދާތީ ކަމުގައެވެ.

“މިގޮތުން، ބަލި ޖެހެމުންދާ މީހުންންގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތުވެ، ނުވަތަ ކުރިއަށްވުރެ ފަސޭހައިން ބަލި ޖެހިފައިވާ މީހެއްގެ ގައިން ސިއްހަތު ރަގަޅުކޮށް ހުރި މީހެއްގެ ގަޔަށް ބަލި ފެތުރެންފެށުމުން، އެހާހިސާބުން މި ނިންމަނީ ވައިރަހުގެ މުޅިން އާ ސްޓްރެއިންއެއް ފެތުރެން ފަށާފައިވާ ކަމަށް،” ލަބުސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.