ރަޝިއާގެ އިދިކޮޅު ލީޑަރު ނަވާލްނީ

އިޔޫގެ އޮފިޝަލުންނާ ދެކޮޅަށް ރަޝިއާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

އިޔޫގެ އޮފިޝަލުންނާ ދެކޮޅަށް ރަޝިއާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ރަޝިއާގެ އިދިކޮޅު ލީޑަރ ނަވާލްނީއަށް ވިހަދީ އޭނާ މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި، އީޔޫއިން ރަޝިއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅު ހެދުމުގެ ގޮތުން، ރަޝިއާއިންވެސް، އިޔޫގެ ގިނަ އޮފިޝަލުންތަކަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

ރަޝިއާގެ ފޮރިންގ މިނިސްޓްޓްރީއިން އަންގާރަ ދުވަހު ބުނެފައިވަނީ، މިއޮފިޝަލުންނަށް ރަޝިއާއަށް ވަނުން މަނާ ކުރެވޭނެއެވެ.

ރަޝިއާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އިޔޫގެ ކޮން އޮފިޝަލުންތަކަކާއި ދެކޮޅަށް ކަމެއް އެގައުމުން ހާމަ ކޮށްފައި ނުވިނަމަވެސް، ރަޝިއާއިން ބުނެފައިވަނީ އެގައުމުގައި ތިބޭ، ޖަރުމަނުވިލާތާއި، ފަރާންސް އަދި ސްވިޑެންގެ އެމްބެސަޑަރުން ފޮރިންގ މިނިސްޓްރީއަށް ހާޒިރު ކުރުމަށްފަހު، އަންގާރަދުވަހު، ރަޝިޔާގެ މި ނިންމުމުގެ މަޢުލޫމާތު އަރުވާފައިވާ ކަމަށެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު، ރަޝިއާގެ އިދިކޮޅު ލީޑަރަށް، ނޮވިޗޮކް ނަމަކަށް ކިޔާ ނާވް އޭޖެންޓެއް ބޭނުންކޮށްގެން ވިހަދީފައިވާ ކަން، ބައިނަލް އަގުވާމީ ކެމިކަލް ހަތިޔާރާބެހޭ ޖަމްއިއްޔާއިން ޔަގީން ކޮށްދިނުމާއި ގުޅިގެން، ޔޫރަޕްގައި ހިމެނޭ ގިނަ ގައުމުތަކުންވަނީ، ރަޝިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެންމެ ބޮޑަށް ބާރު އަޅާފައިވަނީ، ޖަރުމަނުވިލާތާއި އަދި ފްރާންސުންނެވެ. މިކަމަށް ތާއީދު ކޮށްފައިވަނީ އިގިރޭސިވިލާތުގެ އިތުރުން އީޔޫގެ ލީޑަރުންނެވެ.

“ރަޝިއާގެ ރައްޔިތެއް ކަމުގައިވާ އެލެގްޒެންޑަރ ނަވާލްނީއަށް ކުރިމަތިވި ހާދިސާ ހުއްޖަތަކަށް ދައްކާ، ރަޝިއާގެ ބައެއް ރައްޔިތުންނާ ދެކޮޅަށް، ޔޫރަޕިއަން ޔޫނިއަނުންނާއި އަދި އެ ޖަމާއަތުގެ މެމްބަރުގެ ބައެއް ގައުމުތަކުގެ ތާއީދާއެކު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަހަރުމެން ގަބޫލެއް ނުކުރަން،” އަންގާރަ ދުވަހު ރަޝިއާގެ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ރަޝިއާއިން ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމި އިޔޫގެ މި އޮފިޝަލުންނަށް ރަޝިއާއަށް ވަނުމުގެ ހުއްދަ ނޯންނާނެކަން ހާމަކުރަމުން ރަޝިއާއިން ބުނެފައި ވެއެވެ. “ހުޅަގުގެ ގައުމުތަކުން، ދެކޮޅުވެރިކަމުގެ ގޮތުން، ހިންގާ ކޮންމެ އަމަލަކާ ދެކޮޅަށް ހަމަ އެބީދައިން އަމަލުކުރަމުން ދާނެކަމުގެ ޔަގީންކަން އަރުވަން.”

ރަޝިއާގެ ޓޮމްސްކްގައި ނަވާލްނީއަށް ވިހަ ދިނުމަށްފަހު އޭނާ ވަރަށް ބޮޑަށް ބަލިވިއެވެ. އަދި، އިތުރު ފަރުވާއަށް ޖަރުމަނުވިލާތައް އޭނާ ގެންދިއުމަށްފަހު އޭނާގެ ގައިން ނެގި ސާމްޕަލްތައް ވަނީ، ޖަރުމަނުވިލާތާއި، ފްރާންސާއި އަދި ސްވިޑްންގެ ލެބޯޓްރީތަކުގައި ތަހުލީލު ކުރެވިފައެވެ. މި ހުރިހާ ތަހުލީލުތަކުންވެސް، ނަވާލްނީގެ ހަށިގަޑުން، ވިހަ ނާވް އޭޖެންޓެއްކަމުގައިވާ، ނޮވިކޮކް ވަނީ ފެނިފައެވެ.

ސީއެންއެންއާއި ބެލިންގކެޓް ގުޅިގެން ފާއިތުވެދިޔަ ހަފްތާގައި ހިންގި ގުޅިފައިވާ ތަހުގީގަކުން ވަނީ، ނަވާލްނީ އަށް ވިހަ ދިނުމުގެ ކުރިން، އެތައް އަހަރެއްވަންދެން، ނަވާލްނީގެ ބޯކޮޅު ބަލަމުން ގޮސްފައިވާ މީހާ ހޯދާފައެވެ.

މިމައްސަލައައި ގުޅޭގޮތުން މިހަފްތާގަ އަންގާރަ ދުވަހު ހާމަވެގެން ގޮސްފައިވާ އިތުރު މައުލޫމާތުތަކަށް ބަލާއިރު، ނަވާލްނީ އަށް ވިހަދިނުމަށް ހަވާލު ކުރެވިފައިވާ އެކަކު، މިހާރުވަނީ އޭނާ ވިހަ ދިނުމަށް މިއަހަރުގެ އޮގްސްޓް މަހު، ކުރި މަސައްކަތްތައް ނަވާލްނީއާއި ހިއްސާ ކޮށްފައެވެ. މިމީހާ ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވިހަ ނާވްއޭޖެންޓު ނަވާލްނީގެ ހަށިގަޑެ ތެރެއަށް ވާސިލް ކޮށްދިނުމަށް މަސައްކަތް ކޮށްފައިވަނީ، ނަވާލްނީ ލާ ބޮކްސާތަކާއި އަދި ޖަގިޔާތަކަށް ވަސީލަތަކަށް ހަދައިގެންނެވެ.

ނަވާލްނީއަށް ވިހަ ދިނުމަށް އެކުލަވާލެވިފައިވާ، ރަޝިއާގެ އެފްއެސްބީގެ ސެކިއުރިޓީ ސާވިސްގެ އެލީޓް ޓޮކްސިކް ޓީމުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރި މިމީހާގެ ވަނަވަރު އާންމުވެގެން ގޮސްފައިވަނީ، އޭނާ ކުރިން ކޮށްފައިވާ ދިގު ފޯނުކޯލަކުން ހޯދުނު މައުލޫމާތު ތަކުންނެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެންކޯވް އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، ފޯންކޯލްގެ މިވީޑިއޯ އަދި އޭނާއަށް ފެނިފައި ނުވާ ކަމަށާއި، އެހެންނަމަވެސް، ނަވާލްނީއަކީ ވެރިކަމަށް ދަހިވެތިވެފައިވާ، އަދި އަމިއްލަ ނުފްސު ފެނިފައި ހުންނަ މީހެއްކަމުގެވެ.

ހިޔާލުފާޅު ކުރައްވާ!