ކޮރަޕްޝަންގެ ތުހުމަތު ތަކެއް އަނެއްކާވެސް ޓްރާންސްޕޯޓަށް!

ކޮރަޕްޝަންގެ ތުހުމަތު ތަކެއް އަނެއްކާވެސް ޓްރާންސްޕޯޓަށް!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ނަމްބަރު ބޯޑު ބަދަލުކުރުން ވަކި ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރިކަމުގެ ތުހުމަތު ޓްރާންސްޕޯޓް މިނިސްޓްރީއަށް ކޮށްފިއެވެ.

މި މައްސަލަ ފެންމަތިކޮށް އެކަން ފިނޭންސް މިނިސްޓްރީގެ ބިޑް ރިވިއު ކޮމިޓީގެ ސަމާލުކަމަށް ގެނައީ ބިޑް ހުށަހެޅި 3 ކުންފުނީގެ ތެރެއިން އެންމެދަށް އަގެއް ހުށައެޅި ނަމަވެސް ބިޑް ކާމިޔާބު ނުވި ޑޮނާޑް އިންވެސްޓްމަންޓުންނެވެ. މި މަސައްކަތުގެ ބިޑް ކާމިޔާބު ކުރީ ހުށައެޅި އަގުތަކުގެ ގޮތުން 2 ވަނާގައި އޮތް ކުންފުނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުންނެވެ.

ޑޮނާޑަށް ބީލަން ކާމިޔާބު ނުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިއުން ހުށަނާޅާ ކަމަށް ބުނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއީ ބިޑްގައި ހުށަހަޅަން ޖެހޭ ލިއުމެއްގެ ގޮތުގައި ބީލަމުގެ ލިއުންތަކުގައި ނެތް ލިއުމެކެވެ.

ބިޑް ރިވިއު ކޮމިޓީން މިކަން ބެލުމަށްފަހު ނަމްބަރު ބޯޑު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ ކަންތައް އަލުން އިއުލާންކޮށްގެން ކުރިއަށް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަންގާފައިވާ ނެކެމަށް، މިއަހަރުގެ ޖުލައި މަހުގެ ތެރޭ ރިވިއު ކޮމިޓީން ޑޮނާޑަށް ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުންވެސް މިދިޔައ ސެޕްޓެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ލަފާދީފައި ވަނީ އަލުން އިއުލާންކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލާގެ ތުހުމަތު މިނިސްޓްރީގެ ތެރެއިން ބޮޑަށް އަންނަނީ މި މަސައްކަތް ވަސާޖިއޯ އާއި ހަވާލުކުރި ބިޑް ކޮމިޓީގެ ޗެއާ އަދި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށެވެ. ނަމަވެސް އެކަން އޭނާ ދޮގުކުރެއެވެ. އަދި އެއީ ވަކި ބަޔަކު ބޭނުންވާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލު ނުކުރުމުން ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ޝިމާޒް ވިދާޅުވެއެވެ.

މި މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ކުރިއަށްއެބަ ގެންދެއެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ކަމާ ގުޅޭ ލިއުންތައް މިނިސްޓްރީން އޭސީސީއަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

ވެހިކަލްތަކުގެ ނަމްބަރު ބޯޑުތަށް މިހާރު ހުންނަ ގޮތުން ސްޕީޑް ކެމެރާ ތަކާއި އެނޫންވެސް ސަލާމަތީ ވަސީލަތްތަކަށް ދަތި އުނދަގޫ ވާކަމަށް ފުލުހުންވެސް މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ނަމްބަރު ބޯޑުތަށް އެއްގޮތަކަށް ބަދަލުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ، ޓްރެފިކް ބަލަހައްޓާ މެޝިނާއި ކެމެރާތަކަށް ފަސޭހައި ދެނެގަނެވޭނެ ގޮތަކަށް ރާއްޖޭގެ ހުރިހާ އެއްގަމުން އުޅަނދެއްގެ ނަމްބަރު ބޯޑުތަށް ބަދަލުކުރުމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން މިފަދަ މައްސަލައެއް ފެންމަތިވެގެން މި އައީ، ހދ. ކުޅުދުއްފުށްޓާއި ހަނިމާދޫ އެއަރޕޯޓުގައި ބޭނުންކުރަން ގެނައި ބަސްތަކެއް، އެއްބަސްވުމުގައި ވާ ކަންތައްތަކަށްވުރެ ހާލަތުދެރަ، ބާ ބަސްތަކެއް ކަމަށް ވާއިރުވެސް އެ ތަކެއްޗާ މިނިސްޓްރީން ހަވާލުވުމުގައި ވަކި ބަޔަކަށް ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!