މި މައްސަލަ މަޖިލީހަށް ހުށައެެޅީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މްމެބަރުން އިބްރާހިމް ނާޒިލްއެވެ. އޭނާ ހުށައެޅި މައްސަލާގައި ބުނެފައިވަނީ މިދިޔަ އޭޕްރިލްމަހުގެ ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ބޯފެން ލިބުމުގައި ދަތިވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށްް ބުރޫއަރާ ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ކުރިމަތުވަމުން އަންނަކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ޒިންމާވަނީ ކޮންބައެއްކަން ނޭގޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައި ގަންނަން ފެނޭތީ ވޯޓަށް ރަނގބީލު ޖަހާފައިވަނިކޮށް މަޖލީހުގެ މައިކް ސިސްޓަމަށް މައްސަލަތަކެއް ދިމާވެ މަޖިލިސް ވަނީ މެދު ކަނޑާލާފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެނުގެ މައްސަލަ ޖެހެނީ އެ ސިޓީގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ މިހާރު ހުރި ޕްލާންޓުން އުފައްދާ ފެނަށް ވުރެ ބޭނުންކުރާ މިންވަރު އިތުރުވުމުންކަމަށް ފެނަކައިން ވަނީ ބުނެފައެވެ. ފެނަކައިން ބުނެފއިވަނީ އައްޑޫ ސިޓީގެ ފެނުގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމަށް މިހާރު އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވާކަމަށެވެ.