ވީހާވެސް ގިނަ ރައްޔިތުން އާންމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

ވީހާވެސް ގިނަ ރައްޔިތުން އާންމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ވީހާވެސް ގިނަ ރައްޔިތުން ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ޚިދުމަތް ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ.

އެ މަނިކުފާނު މި ކަމަށް އިލްތިމާސްކުރެއްވީ، މާލޭގެ ހުޅަނގު އުތުރު ކަނުގައި އެސްޓީއޯއިން ތަރައްގީކުރި ބަސް ހުއްޓި އާއި ޕާކް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ މިރޭ ހުޅުވި ބަސް ހުއްޓިއަކީވެސް މާލޭގައި އާބާދީ ތޮއްޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ކުރެވުނު މަސައްކަތެއްކަމަށެވެ. އަދި މާލެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް މާލެއަކީ ހިތް ފަސޭހަތަނަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

“ބަސްތަކެއް ދުއްވާއިރު، ހުސް ބަސްތަކެއް ދުއްވުމަކުން އޭގެ މަޤްޞަދު ޙާސިލެއްނުވޭ. އަޅުގަނޑުމެން ދުނިޔޭގެ ކުރިއަރާފައި ހުންނަ ޤައުމުތަކަކަށް ބަލާލާއިރު ޕަބްލިކް ޓްރާންސްޕޯޓް އަޅުގަނޑުމެންނަށް ބަހުން އެހެން ޤައުމުތަކުން އޮންނަނީ ޖާގަނުލިބިފައި. ”

– ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޓްރެފިކްގެ މައްސަލަތައް ޙައްލުކުރުމުގައި، ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ ހަދާ ފަރާތްތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ ހުރިހާ ފަރާތްތަކުންވެސް މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑުކަން ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭ ހުޅަނގު އުތުރު ކަނުގައި ކުރިން ވެސްޓްޕާކް ހިންގި ބިމުގައި އެސްޓީއޯއިން ތަރައްގީކުރި ބަސް ހުއްޓި އަކީ މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސްތަކަށް ހާއްސަކޮށްގެން ހެދި ބަސް ހުއްޓިއެކެވެ. އަދި ހަމަ އެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކަކީ އާންމުންނަށް ހިތްފަސޭހަކޮށްލެވޭނެހެން އިށީންނާނެ ބެންޗުތަކާއި، އައުޓްޑޯ ޖިމަކާއެކު ތަރައްގީކުރި ޕާކެކެވެ. މިމަސައްކަތްތައް އެސްޓީއޯއިން ކޮށްފައިވަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ތެރެއިންނެވެ.

ދާދިފަހުން ސްޓެލްކޯއިންވެސް ވަނި އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސްޓެލްކޯގެ އިރު ދެކުނު ކަންމަތީގައި، އޭސީކޮށް ޒަމާނީފެންވަރެއްގެ ހިދުމަތް ލިބޭ ބަސް ހުއްޓިއެއް ތަރައްގީކޮށްފައެވެ. އަދި އެއީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓުދީގެން ހިދުމަތްދޭގޮތަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ބަސްހުއްޓިއެވެ.

ހިޔާލުފާޅު ކުރައްވާ!