މާލޭގައި އާންމުކޮށް ކުނި އަޅާ 10 ތަނެއް މޭޔަރު އާޒިމް ހިއްސާ ކުރައްވައިފި

މާލޭގައި އާންމުކޮށް ކުނި އަޅާ 10 ތަނެއް މޭޔަރު އާޒިމް ހިއްސާ ކުރައްވައިފި

ގުޅުންހުރި

މާލެ ސިޓީގައި އާންމުކޮށް ކުނި އަޅާ 10 ތަނެއް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ހިއްސާ ކުރައްވައިފިއެވެ.

އާޒިމް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއްމުކޮށް ކުނި އަޅާކަމަށް 10 ތަނެއް ފާހަގަ ކުރެވޭ ކަމަށެވެ.

އާންމުކޮށް ކުނި އަޅާ ކަމަށް ފާހަގަވާ ތަންތަން:

  • އަލަމާ ގޯޅި
  • ކެނެރީ ގޯޅި
  • ހަދީބީ މަގު
  • އޯޑިއޯން ގޯޅި
  • މާވެޔޮ މަގު ފަތަހަ ކަންމަތި
  • ހެންވޭރު ސަހަރާ ކަންމަތި/ ކާސިންޖީ މަގު
  • ބަރުޖޯރާ ގޯޅި ކަންކަމަތި
  • ޕިއްޒާ ބޯނާ ގޯޅި
  • ދިލްބަހާރު މަގު/ ދަގަނޑުކެނޑި ގޯޅި ކަންމަތި
  • ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅި

މާލެ ސިޓީ ކައުންސިލުން މީގެކުރިން އާންމު ކުރި ލިސްޓުގައި ވެސް ބައެއް ތަންތަން ހިމެނެއެވެ.

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވޭ ގޮތް މާލެ ސިޓީ ކައުންސިލުން ވަނީ ހަދައިފައެވެ.

މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަ ކުރުމަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން އެދެއެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ