ބުރުންޑީގެ ކުރީގެ ރައީސް ބުޔޯޔާ: ގެނެވުނު ބައާވާތެއްގައި، ދެފަހަރެއްގެ މަތިން ވަނީ ބުރުންޑީގެ ވެރިކަން ކުރައްވާފަ

ބުރުންޑީގެ ކުރީގެ ރައީސް ކޯވިޑް ބަލީގައި އަވަހާރަވެއްޖެ

ބުރުންޑީގެ ކުރީގެ ރައީސް ކޯވިޑް ބަލީގައި އަވަހާރަވެއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ބުރުންޑީގެ ކުރީގެ ރައީސް ޕިއާރ ބުޔޯޔާ ކޯވިޑް19 އަށް ޕޮޒިޓިވްވެ، އުމުރުން 71 އަހަރުގައި އަވަހާރަ ވެއްޖެކަމުގައި އާއިލާގެ ފަރާތުން މައުލޫމާތު ދީފިއެވެ.

ރައީސް ޕިއާރ ބުޔޯޔާ އަވަހާރަ ވެފައިވަނީ، އެފްރިކަން ޔޫނިއަންގެ ފަރާތުން މާލީ އަދި އެފްރިކާގެ ސަހެލްއަށް ކަޑައަޅާފަ ހުންނަ މަންދޫބުގެ މަގާމުން އޭނާ އިސްދިއުފާ ދިންތާ މަދު ހަފްތާތަކެއްގެ ތެރޭގައެވެ.

ބުޔޯޔާއަށް ކޯވިޑް ޖެހިފައިވަނީ، އޭނާ މާލީގެ ކެޕިޓަލް ބަމަކޯގައި ހުންނަވަނިކޮންނެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވެ، އޭނާ ފާއިތުވެދިޔަ ހަފްތާގައި އޮންނެވީ، ބަމަކޯގެ ޕޭސްޓުއަރ ނަމަކަށް ކިޔާ ކުލިނިކެއްގައި އެޑްމިޓް ކޮށްފައެވެ. އާއިލާގެ މެމްބަރުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވާގޮތުގައި، އޭނާގެ ހާލަތު ކުއްލިއަކަށް ދަށަށް ގޮސްފައިވަނީ، އޮކްސިޖަންގެ އެހީގައި ނޭވާލަމުން ދަނިކޮށެވެ.

“ބުޔޯޔާ ވަނީ އިއްޔެގެ ވަގުތެއްގައި ފްރާންސަށް އިތުރު ފަރުވާއަށް ގެންދެވިފައި. އޭނާ ދަތުރު ކުރި މަތިންދާ ބޯޓު ފްރާންސްގައި ޖައްސާފައިވަނީ، އިއްޔެގެ ހަވީރުގެ ވަގުތެއްގައި.”

“އަދި ބުޔޯޔާ އަވަހާރަ ވެފައިވަނީ، އަވަސް ފަރުވާ ދިނުމަށްޓަކާ، އެމްބިއުލާންސްގައި ޕެރިހުގެ ހޮސްޕިޓަލަކަށް ގެންދިއުމުގެ މަގުމަތީގައި.” އައިލާގެ ފަރާތުން މައުލޫމާތު ދާީފައިވެއެވެ.

ބުރުންޑީގެ ކުރީގެ ރައީސް ފަސްތާނުލާނެ ތަނަކާއި އަދި ފަސްތާނުލާނެ ދުވަހެއްގެ މައުލޫމާތު އަދި އެއްވެސް ފަރާތަކުން ހާމަ ކޮށްފައެވެ.

ބުޔޯޔާ ވަނީ، އެފްރިކަން ޔޫނިއަންގެ ފަރާތުން މާލީއަށާ އަދި އެފްރިކާގެ ސެހެލަށް ކަޑައަޅާފަ ހުންނަ ޙާއްސަ މަންދޫބުގެ މަގާމް، 2012 ވަނަ އަހަރުންފެށިގެން މިއަހަރުގެ ނޮވެމްބަރު މަހާހަމައަށް އަދާކޮށްފައެވެ.

އެފްރިކަން ޔޫނިއަންގެ ޚާއްސަ މަންދޫބުގެ މަގާމުން އޭނާ އިސްތިއުފާ ދީފައިވަނީ، އޭނާގެ ފުރަތަމަ ދައުރަށްފަހު ބުރުންޑީގެ ރައީސްކަމަށް ވަޑައިގެންނެވި މެލްޗިއޯ އެންޑެޑަޔޭ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވި، އުމުރަށް ޖަލަށްލުމަށް ބުރުންޑީގެ މިހާރުގެ ސަރުކާރުން ހުކުމް ކުރުމާއި ގުޅިގެންނެވެ.

ޢައިރު ހާޒިރުގައި ކުރެވުނު މި ޝަރީޢަތުގައި، ބުޔޯޔާގެ މައްޗަށް އުމުރު ދުވަހުގެ ޖަލުހުކުމެ އިއްވާފައިވާއިރު، އޭނާއާއެކު، މިލިޓަރީ އޮފިޝަލުންނާ އަދި އާންމު ބައެއް މީހުންވެސް ހިމެނޭގޮތުން އިތުރު 20 މީހަކަށްވެސް ވަނީ، 20 އަހަރާއި އުމުރު ދުވަހާއި ދެމެދުގެ ޖަލުހުކުމްތައް އިއްވާފައެވެ.

މި ޝަރީޢަތާ ގުޅިގެން ބުޔޯޔާ ބުނެފައިވަނީ، އޭނާގެ މައްޗަށް ހިންގުނު މި ޝަރީއަތަކީ ސިޔާސީ މަގުސަދެއްގައި ކުރިޔަށް ގެންގޮސްފައިވާ ޝަރީއަތެއް ކަމުގައެވެ. އަދި ޝަރީޢަތް ކުރިޔަށް ގެންގޮސްފައިވަނީ، އެއްވެސް އުސޫލެއްގެ ތެރެއިން ނޫންކަމުގައި އޭނާ ތުހުމަތު ކުރެއްވިއެވެ.

އެފްރިކަން ޔޫނިއަންގެ ޚާއްސަ މަންދޫބުގެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވަމުން ބުޔޯޔާ ވިދާޅުވެފައިވަނީ، އެމަގާމުން އިސްތިއުފާ ދެއްވަނީ، އެނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުން ސަލާމަތް ވުމާށާއި، އޭނާގެ ނަން އިތުރަށް ކިލަބުވެގެން ދިޔަ ނުދިނުމަށްޓަކާ ކަމުގައެވެ.

ޓޫޓުސީ ދަރިކޮޅަށް ނިސްބަތްވާ ބުޔޯޔާ ބުރުންޑީގެ ވެރިކަމަށް ވަޑައިގެންނެވުމުގެކުރިން ވަޒީފާ އަދާކުރެއްވީ އެގައުމުގެ އަސްކަރިއްޔާގައެވެ. އަދި 1987 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ގެނެވުނު ބަޢާވާތެއްގައެވެ.

ބުޔޯޔާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި، ބުރުންޑީއަށް ޑިމޮކްރަޓިކް ބަދަލުތައް ގެނައުމަށް އޭނާ މަސައްކަތް ކުރައްވާފައި ވެއެވެ. އެހެންނަމަވެސް، އެފްރިކާގެ އެންމެ ކުޑަ އެއްގައުމު ކަމުގައިވާ ބުރުންޑީގައި 1993 ވަނަ އަހަރު ބޭއްވުނު އެގައުމުގެ އެންމެ ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބުގައި އޭރުގެ ވާދަވެރިޔާ، ހޫޓޫ ދަރިކޮޅަށް ނިސްބަތްވާ މެލްޗިއޯ އެންޑެޑަޔޭއާއި ވާދަކޮށް ބޮޑު ތަފާތަކުން އޭނާ ބަލިވިއެވެ.

އެހެންނަވެސް، މަގާމުގެ ހުވާ ކުރެއްވިތާ އެންމެ 4 މަސްދުވަހުގެ ތެރޭގައި، ހަރުކަށި ވިސްނުމަށް ތާއީދުކުރާ، ޓޫޓުސީ ނަސްލަށް ނިސްބަތްވާ ސިފައިން މެލްޗިއޯ އެންޑެޑަޔޭ އަވަހާރަ ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން، ބުރުންޑީގައި، މައިނޯރިޓީ ޓޫޓުސީ ދަރިކޮޅުގެ މީހުންނާ އަދި މެޖޯރިޓީ ހޫޓޫ ދަރިކޮޅުގެ މީހުންނާމެދު، އެތައް އަހަރަކަށް ދިގުދެމިގެން ދިޔަ އަހުލީ ހަގުރާމައެއް ފެށިގެން ދިޔައެވެ.

ބުޔޯޔާ ދެވަނަ ފަހަރަށް ބުރުންޑީގެ ވެރިކަމަށް ވަޑައިގެންނެވި، ދެވަނަ ފަހަރަށް ގެނެވުނު ބަޢާވާތެއްގައި 1996 ވަނަ އަހަރުއެވެ. އަދި 2003 ވަނަ އަހަރާ ހަމައަށް އޭނާ ދެވަނަފަހަރަށް ބުރުންޑީގެ ވެރިކަން ކުރައްވާފައި ވެއެވެ.

2000 ވަނަ އަހަރު، އެގައުމުގައި ކުރިޔަށްދިޔަ، 300،000 މީހުން މަރުވެގެން ގޮސްފައިވާ އަހުލީ ހަގުރާމައަށް ނިމުން ގެނައުމަށްޓަކާ، “އަރޫޝާ އެކޯޑް”ގެ ނަމުން ނަންދެވުނު ސުލްހައިގެ އެއްބަސްވުމުގައި ބުޔޯޔާ ސޮއިކުރެއްވިއެވެ. ބުޔޯޔާ މަގާމުން ދުރަށް ވަޑައިގެންނެވީ، މި އެއްބަސްވުމާ އެއްގޮތަށް 2003 ވަނަ އަހަރުއެވެ.

ބުރުންޑީގެ އެހެން ރައީސެއް ކަމުގައިވާ ޕިއޭރ ކުރުންޒިޒާވެސް ވަނީ އުމުރުން 55 އަހަރުގައި، މިއަހަރު ނިޔާވެއެވެ. އޭނާ ނިޔާވެފައިވަނީ ހިތް ހުއްޓިގެން ކަމުގައި އެގައުމުގެ ސަރުކާރުން ބުނެފައިވި ނަމަވެސް، ގިނަބަޔަކު ބުނަމުންދަނީ، އޭނާވެސް ނިޔާވެފައިވަނީ ކޯވިޑް ޖެހިގެން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.