އޮމާން ވެރިރަށް މަސްކެޓްގައި ބޭއްވުނު، 39 ވަނަ އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާގެ ޖެނެރަލް އެސެމްބްލީން ނިންމާފައިވަނީ، 2030ގެ އޭޝިއަން ގޭމްސް ދޯހާގައި ބޭއވުމަށް

2030ގެ އޭޝިއަން ގޭމްސް ދޯހާގައި، 2034ގެ އޭޝިއަން ގޭމްސް ރިޔާދުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި

2030ގެ އޭޝިއަން ގޭމްސް ދޯހާގައި، 2034ގެ އޭޝިއަން ގޭމްސް ރިޔާދުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

2030ގެ އޭޝިއަން ގޭމްސް ދޯހާގައި އަދި، 2034ގެ އެޝިއަން ގޭމްސް ރިޔާދުގައި ބޭއްވުމަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާއިން އަންގާރަ ދުވަހު ނިންމައިފިއެވެ.

“އަހަރެއްނަނަށް މިހާރު އިއުލާން ކުރެވިދާނެ….އެންމެ ގިނަ ވޯޓު ލިބިގެން ދިޔަ ސިޓީއެއްގެ ގޮތުގައި، 2030ގެ އޭޝިއަން ގޭމްސް ބޭއްވުމަށް ހަމަޖެހިގެން ދިޔައީ ދޯހާގައި،” އޮލިމްޕިކް އޮފް އޭޝިއާ، އޯސީއޭގެ ރައީސް ޝެއިޚް އަހުމަދު އަލް-ފަހުދު އަލް-ސަބާހު ވިދާޅުވިއެވެ.

“ދެވަނައަށް ހޯސްޓް ކުރުމަށް ހަމަޖެހިގެން ދިޔަ، 2034ގަި މުބާރާތް ބޭއްވުމަށް ހަމަޖެހިގެންދިޔަ ސިޓީއަކީ އަކީ ރިޔާދު.”

ގަތަރުގެ އަމީރުގެ ދައްތަ، ޝެއިޚް އަލް މަޔާސާން އަލް ތާނީ ވަނީ، އޯސީއޭގެ މިނިންމުމާ ގުޅިގެން ދެގައުމަށްވެސް މަރުހަބާ ވިދާޅުވެފައެވެ.

2006 ވަނަ އަހަރު ބޭއްވުނު 15 ވަނަ އޭޝިއަން އޮލިމްޕިކް ގޭމްސްވެސް ބޭއްވިފައިވަނީ ޤަތަރުގައެވެ. އެހެން ނަމަވެސް، އޯސިއޭގެ މިފަދަ ކުޅިވަރުގެ ބޮޑު މުބާރާތެއް ސައުދީ އަރަބިއާގައި ބޭއްވިގެންދާނެ މިއީ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ އެޕްރިލް މަހު، ގަތަރުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް، ޝެއިޚް ޖޮއާން ބިން ހަމަދު އަލް ތާނީ ވިދާޅުވެފަ ވަނީ، “އަހަރުމެން ގަބޫލު ކުރާ ގޮތުގައި، މި މުބާރާތް އަލުން ގަތަރުގައި ބޭއްވުމަށް ބިޑްކޮށް، މުޅި އޭޝިއާއަށް އަހަރުމެންގެ ގައުމުން ދައުވަތު ދިނުމުގެ ވަގުތު މިއޮތީ އައިސްފައި” ކަމުގައެވެ.

“އަހަރުމެން ބޭނުންވަނީ، އަހަރުމެންގެ ތަޖުރިބާއާއި ހުނަރު، އޭޝިއާގެ ކުޅިވަރުގެ ޚިދުމަތުގައި ދައްކާލަން،” ޝެއިޚް ޖޮއާން މިއަހަރުގެ އެޕްރިލް މަހު ވިދާޅުވެފައި ވެއެވެ. “އޭޝިއަން އޮލިމްޕިކް އާއިލާގެ ތެރޭގައި ތިބި އަހަރުމެންގެ ގާތް ރަހުމަތްތެރިންނާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން، އަހަރުމެން ވައުދުވަނީ، އަންނަން އޮތް އެތުލީޓުންގެ ޖީލުތައް ކުލިވަރުތަކަށް ޝައުގުވެރި ކުރުވުމަށްޓަކާ، އެތްލީޓުންނަށް އެމީހުންގެ ހުނަރު ތަމްސީލު ކޮށްދިނުމަށް އެންމެ ރަގަޅު މާހައުލެއް ތަނަވަސް ކޮށްދިނުމަށް،” އޭނާ ވިދާޅުވެފައި ވެއެވެ.

ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ޤަތަރުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.