ރައީސް ސާލިހުގެ ސަރުކާރުން ތަރައްގީ ކުރަންފެށި ހަނުމާދޫ އެއާރޕޯޓުގެ ރަންވޭގެ 1،200 މީޓަރުގެ ރަންވޭ ނިންމާ، އާދީއްތަ ދުވަހު ޓެސްޓް ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވާކަން ރީޖަނަލް އެއަރޕޯޓުން ހާމަކޮށްފިއެވެ.
ރީޖަނަލް އެއަރޕޯޓުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އާ ރަންވޭގެ 1200 މީޓަރުގެ މަސައްކަތް ނިންމާ އަންނަ އާދީއްތަދުވަހު އެ ރަންވޭއަށް ޓެސްޓު ފްލައިޓްތައް ޖެއްސުމަށް ނިންމާފައިވާކަމަށްވެސް ރީޖަަނަލް އެއަރޕޯޓުގެ އެކްސް ޕޯސްޓުގައި ބުނެފައިވެއެވެ.
The installation of runway lights is currently in progress at Hanimaadhoo International Airport, aligning with the schedule for the operation of the completed 1200 meters of the new runway. We anticipate a successful test flight landing on Sunday.#airportsmv #RACL #aviationmv pic.twitter.com/7xuO3nhqMi
— Regional Airports Company Limited (@AirportsMV) January 23, 2024
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލެއް ހަދާނެއެވެ. 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިދިޔަމަހުގެ 18ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރެވެ.
136.6 މިލިއަން ޑޮލަރުގެ، އެ މަޝްރޫޢު އިފްތިތާހު ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 18 ވަނަ ދުވަހުގެ ރޭއެވެ.