ދިވެހި ކަނބަލުން ފާހަގަ ވަނީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ހުށިޔާރު ހީވާގި ބައެއްގެ ގޮތުގައެވެ. މުޅި ދުނިޔެ މިވަގުތު ކުރިމަތިލާފައިމިވާ ބަލިމަޑު ކަމުގައި ވެސް އެންމެ ކުރީސަފަށް ނުކުމެ މަސައްކަތް ކުރުމުގައި ފެންނަނީ ގިނައިން އަންހެން ކަނބަލުންނެވެ.
ރައްކާތެރި ކަމުގެ ފޭރާން ލައިގެން އެންމެ ރިސްކުބޮޑެތި މަސައްކަތްތަކުގައި ފިރިހެނުންނަށް ވުރެ ގިނައިން ޔަގީނުންވެސް އަންހެނުން ފެނެއެވެ. އޭގެ ތެރޭގައި ކޯވިޑް-19ގެ ބަލި ފެތުރޭ މިންވަރު ދެނެގަންނަން ސާމްޕަލް ނެގުމާއި، ބަލިޖެހިފައިވާ މީހުން އެކަހެރި ކުރުމުގައި އެންމެ ކުރީ ސަފުގައި ގިނައިން ފެންނަނީ އަންހެނުންނެވެ.

މީގެ އިތުރަށް މިފަދަ ހައްސާސް ދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތުތައް އެންމެ ސައްހަކޮށް ފޯރުވައިދިނުމަށް މަސައްކަތްކުރާޓީމުން ޕްރެސްކޮންފަރެންސް ތަކުގައިވެސް ނިސްބަތުން ކަނބަލުން ފެންނަ ވަރު ގިނައެވެ. އަދި ހަމަ އެހެންމެ ކޯލް ސެންޓަރާއި ކޯވިޑް ފެސިލިޓީ ތަކުގައި އުޅޭ މީހުން އެކަންކަމަށް ނުކުމެ އެތިބީ އޮތް ބޮޑު ނުރައްކާ އެނގި ތިބެއެވެ.
ސަލާމަތީ ޚިދުމަތްތަކުން ހާއްސަކޮށް ކޯވިޑްގެ ވަބާ ރާއްޖޭގައި ފެތުރެން ފެށި އިރު، މާލެ އެއްކޮށް ލޮކްޑައުންގައި އޮތް މުއްދަތުގައި، ޚިދުމަތައް ނުކުއިތް ހިތްވަރުގަދަ ކަނބަލުންވެސް ފާހަގަކޮށްލެވެއެވެ.
މިހާރު އަޅުގަނޑުމެން މިތިބީ މުޅި ދުނިވެސް މިހާރު ބުނަމުން އެ ގެންދާ އައު އާންމު ހާލަތުގައެވެ. ގައުމެއްގެ ގޮތުގައި އިޤްތިޞާދީ ހުރިހާ ކަމެއް ހުއްޓާލައިގެން އަޅުގަނޑުމެންނަށް ވެސް ނުތިބެވޭނެ ތާއެވެ. މި ހާލަތުގައި ދެން އެންމެ ފާހަގަ ކުރެވޭ ޚިދުމަތެއް ކޮށްދެމުން އަންނަނީ ރާއްޖޭގެ އިޤްތިޞާދު އެކަމަށް ބަރޯސާވާ ފަތުރުވެރިކަން ކޮޅަށްޖެހުމު މަސައްކަތް ކުރާ ފަރާތްތަކެވެ.
Unmeedhuge alikan…. https://t.co/3QMAyXryVm
— Abdulla Mausoom (@Mausoom_Maus) December 15, 2020
ޓޫރިޒަމް މިނިސްޓަރ ވެސް ފާހަގަ ކުރައްވާފަދައި ރާއްޖެ އަލުން ހުޅުވާލުމާއެކު، މިއަދު މިއޮތް ހާލަތަށް ފަތުރުވެރިކަން ގެނެވިފައި މިވަނީ އެދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ މިންނެތް މަސައްކަތުނެނެވެ.
މީގެތެރެއިވެސް އަޅުގަނޑަށް މި ފަހުން ސޯޝަލް މީޑިއާއިން ފެނުނު ފޮޓޯގަނޑެއް އަޅައިގަތީ، އެ ފޮޓޯގަނޑުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންނާ ފުރަތަމަ ބައްދަލުކުރަން، ނުވަތަ އެމީހުން "ލައްޕަން" ގޮސް ތިބީ ހުސް އަންހެނުންނަށް ވީތީއެވެ. އާދެ ބޭރުން އެތައް ތަނެއްގައި އެތައް ގަޑީރުގެ ދަތުރު ތަކެއް ކުރުމަށްފަހު އަންނަ ފަތުރުވެރިއާ އެއަންނަނީ ބަލި ހިފައިގެން ކަން ނޫނީ ނޫންކަންވެސް ނޭނގި ތިބެ އެމީހުނާ ފުރަތަމަ ބައްދަލުކުރަން އެތިބީ ހުސް ދިވެހި ކަނބަލުންނެވެ.
ރާއްޖޭގެ އިޤްތިސާދު އަލުން ފާލަށް އެޅުވުމަށް އަންހެނުންގެ ދައުރު މި ފޮޓޯއިން އެކަނިވެސް ފެނިގެން އެބަދެއެވެ.
ކޮމެންޓު ފޮނުވާ