ރައްޔިތުންނާ ގާތުން ސަރުކާރު މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ގިނަ އަދދެއްގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރީން ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޝުއޫރުތައް އަޑު އައްސަައިފިއެވެ.
މިދަތުރުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ލަފާފުޅާއެކު ރައްޔިތުންގެ ކަންކަން ގާތުން ބައްލަވާ ރައްޔިތުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ކުރައްވާފައިވާ ދަތުރުތަކެކެވެ. މުޅި ސަރުކާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިކުރި ދަތުރުގައި ރައްޔިތުންގެ ހުރި ކަންބޮޑުުންތައް އޮޅުން ފިލުވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިދަތުރުތަކުގެ ތެރެއިން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ވިދާޅުވީ ހަފްތާ ބަންދުގައި ގއ. އަތޮޅަށް ކުރެއްި ދަތުރުގައި ގިނަ އަދަދެއްގެ ރައްޔިތުންގެ ޝުއޫރުތަކާއި މަޝްވަރާ ހޯއްދެވި ކަމަށެވެ. ޝިޔާމް ވަނީ މިދަތުރުގެ ތެރެއިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަޑައިގެން އެތަނުގައި ހުރި ދަތިތައްވެސް އޮޅުން ފިލުވާފައެވެ.
އަޅުގަނޑު މި ހަފްތާބަންދުގައި ދަތުރު ކުރީ ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގެ އިތުރުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް. ކޮލަމާފުށިން ފެށި ދަތުރު ނިންމާލީ ނިލަންދޫއަށް. އަޅުގަނޑުމެން ޒިޔާރަތްކުރި ހުރިހާ ރަށަކުންވެސް ކައުންސިލްތައް އިސްވެ އަޅުގަނޑުމެންނާ ދޭތެރޭ ބެހެއްޓެވި ގާތްކަމާ ދެއްވި ފުރިހަމަ މެހުމާންދާރީއަށް ހިތުގެ އިޚުލާސްތެރި ޝުކުރުދަންނަވަން. ޚާއްސަކޮށް މަސްވެރިންގެ ފަރާތްޕުޅުން ލިބުނު އެއްބާރުލެއްވުން ފާހަގަކޮށް އަޅުގަނޑާ ޓީމުގެ ފަރާތުން ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ދަތުރާގުޅިގެން ވުޒާރާއިން ބާއްވާ ޕްރެސް ކޮންފަރެންސް އަންނަ ހޯމަދުވަހުގެ 16:00 ގައި މިނިސްޓުރީގައި އޮންނާނެ ވާހަކަ ދަންނަވަން.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ރައްގޮތަށް ރައްޔިތުންގެ ކައިރިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިދަތުރުތަކުންވެސް ރައްޔިތުންނަށް ސާފުވާނެކަމަށެވެ.
ރައްޔިތުންނާ ގާތުން ސަރުކާރު މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު ހަމައެކަނި ވިދާޅުވީކީނޫން. ސަރުކާރަށް 1 މަސް ވީއިރު ވަޒީރުންނާ ކުންފުނިތަކުގެ ވެރިން ތިބީ އަތޮޅުތެރޭ ކައުންސިލްތަކާ އަދި ރައްޔިތުންގެ ސައްލާތަކުގައި ޢަމަލީގޮތުން ބައިވެރިވެ.
– ޝިޔާމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ކެބިނެޓުން މަސައްކަތްކުރައްވާނީ ރައްޔިތުންނާއި ގާތުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު މަސައްކަތްކުރެއްވުމަށް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ދަތުރުފުޅުތައް ފައްޓާވާނެ ކަމަށާއި، މިދަތުރުފުޅުތަކަކީ ސަރުކާރު ހިންގުމުގެ ޒިންމާއެއް ނުވަތަ ސިލްސިލާ މަސައްކަތެއްގެ ގޮތުގައި ކުރައްވާނެކަމެއް ކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
One Response
ރައިޔަތުންގާތަށް ތިބޭފުޅުން ތިޔަވަޑާއިގަންނވަނީ ރައިޔަތުންގެމަޖިލިހުގެ މެޖޯރިޓީހޯދަންވެގެން. ރައިޔަތުން ގުބޫހައްދަން ވީމާލޮބުވެތިރައިޔަތުން މިފަހަރު މަޖިލިސްހޮއްވަވަން ވޯޓުދެްވާހިނދު ވަރަށްވިސްނުނތެރިކަމާއި ޒިންމާދާރުކޮށް ވާޖިބުއަދާކުރުމަށް ނަސޭހަތތެރިވަން. އަދިހަދާންކޮށްއަރުވަން އެއްވެސްބަޔަކަށްމެޖޯރިޓި ލިބިއްޖެނަމަ ގައުމުކުރިއަކަށްނުދާނެ މިއީމިހާތަނަށްކޮއްފާވާތަޖުރިބާ.ސަލާމް.