އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް: ދުނިޔޭގެ ގައުމުތަކުން މޫސުމީ ކުއްލި ހާލަތު އިއުލާންކުރުމަށް ވަނީ ގޮވާލައްވާފަ

މޫސުމީ ކުއްލި ހާލަތު ދުނިޔެއިން އިއުލާން ކުރަންޖެހޭ: ޔޫއެން

މޫސުމީ ކުއްލި ހާލަތު ދުނިޔެއިން އިއުލާން ކުރަންޖެހޭ: ޔޫއެން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ދުނިޔޭގެ ގައުމުތަކުން މޫސުމީ ކުއްލި ހާލަތު އިއުލާނު ކުރުމަށް އދ. ގެ ސެކެޓްރީ ޖެނެރަލް ގޮވާލައްވައިފިއެވެ.

އދ.ގެ ސެކެޓްރީ ޖެނެރަލް، އެންޓީނިއޯ ގޮޓަރޭސް މިގޮތަށް ގޮވާލައްވާފައިވަނީ، ޕެރިސް ކްލައިމެޓް އެގްރީމަންޓަށް 5 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު އޮންލައިން ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާވަނީ، ދުނިޔޭގެ މުއްސަދި ގައުމުތަކުން، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްޙީ ކާރިސާއިން އަރައިގަތުމަށް ކުރާ ހޭދައިގެ %50 އަށްވުރެވެސް މަތީ ހޭދައެއް، ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މައުދަންތައް ބޭނުންކޮށްގެ ހަކަތައް އުފެއްދުމަށް ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އިގިރޭސިވިލާތާއި، ފްރާންސާއި އަދި ޔޫއެންއިން ގުޅިގެން އިންތިޒާމްކުރާ، މި ސަމިޓްގައި ދުނިޔޭގެ ގައުމުތަކުގެ 70 އަށްވުރެ ގިނަ ލީޑަރުން ވާހަކަ ދައްކަވާގޮތަށް ވަނީ ހަމަޖެހފައެވެ.

ގުޓަރޭސް ވިދާޅުވީ، މިހާރުވެސް ދުނިޔޭގެ 38 ގައުމަކުން، މޫސުމީ ކުއްލި ހާލަތު އިއުލާން ކޮށްފައިވާ ކަމަށާއި، ދުނިޔޭގެ އެހެން ހުރިހާ ގައުމަކުން، މިމަގުން އަމަލު ކުރުމަށް އޭނާވަނީ ގޮވާލައްވާފައެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތަށް ނިމުން އަންނަންވާނީ، ޖައްވަށް ދޫވަމުންދާ ވިހަ ގޭސް ނައްތާލެވި، ރައްކާތެރި ހަކަތައިގެ ވަސީލަތްތަކަށް ދުނިޔެއަށް ވާސިލް ވެވުމުންނެވެ.

ކޯވިޑް19ގެ ކާރިސާއިން އަރައިގަތުމަށް މިހާރު ކުރެވެމުންދާ ހޭދަތަކާއި ގުޅޭގޮތުން އެނާ ވިދާޅުވެފައިވަނީ، މިހާރު ކުރެވޭ ހޭދަތަކަކީ، އަންނަން އޮތް ޖީލުތަކުން ނަގާ ލޯނުތަކެއް ކަމުގައެވެ.

“އަހަރުމެން، މިކުރާ ހޭދަތައް، ސިޔާސަތުތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތަކުގައި ތާށިކޮށް، އަދި މިއީ ފަނާވެފައިވާ ދުނިޔެއެއްގައިވާ ދަރަނީގެ ފަރުބަދަތަކަކަށް ހަދާ، މިއީ އަންނަން އޮތް ޖީލުތަކުން އުފުލަންޖެހޭ ބުރައަކަށް އަހަރުމެން ހަދައިގެން ނުވާނެ” ގުޓަރޭސް ވިދާޅުވެފައި ވެއެވެ.

އދ.ގެ ސެކެޓްރީ ޖެނެރަލްވަނީ، މުޅިން އާ އަމާޒުތަކަކާއިގެން މި ސަމިޓަށް ވަޑައިގެންނެވި، ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ސަމިޓުން ހާސިލްވާނެ މާމުހިންމު އަމާޒުތަކެއް ފެންނާން ނެތުމުން، ޖައްވަށް ވިހަ ގޭސްތައް އެންމެ ގިނައިން ދޫކުރާ ގައުމުތައް ކަމުގައިވާ، ސައުދީ އަރަބިއާ، ރަޝިއާ އަދި މެކްސިކޯއިން މިސަމިޓުގައި ބައިވެރި ވެފައެއް ނުވެއެވެ.

އިގިރޭސިވިލާތުންވަނީ، ގައުމުން ބޭރުގައި ހިންގޭ، ޖައްވަށް ވިހަ ގޭސްތައް ދޫކުރާ ޕްރޮޖެކްޓުތަކަށް، އެހީތެރިކަން ފޯރުކޮށްދިނުން މިހާރު ހުއްޓާލާފައިވާކަން ހާމަ ކޮށްފައެވެ. އަދި މީގެއިތުރުން، ޔޫކޭއިން މިއަދު ވަނީ ޔޫއެންއަށް، ތިމާވެށި ރައްކާތެރިކުރުމާ ބެހޭ މުޅިން އާ ޕްލޭނެއްވެސް ހުށަހަޅާަފއެވެ.

މިއީ އިގިރޭސިވިލާތުން ޔޫއެންއަށް މިފަދަ ހުށަހެޅުމެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. މީގެކުރިން އިގިރޭސިވިލާތުގެ މިފަދަ ހުރިހާ ސިތާސަތެއްވެސް ކުރިޔަށް ގެންގޮސްފައިވަނީ، ޔޫރަޕިއަން ޔޫނިއަންގެ މޫސުމާގުޅޭ ސިޔާސަތުތަކުގެ ދަށުންނެވެ.

މިހާރު ކުރިޔަށްދާ އޮންލައިން ސަމިޓް ބޭއްވިގެން މިދިޔައީ، ކޯވިޑް ކާރިސާގެ ސަބަބުން، ކުރިން ބޭއްވުމަށް ހަމަޖެހުނު މިސަމިޓް ލަސްވެގެން ދިއުމަށްފަހުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.