ޕީސީބީ އަށް ތިން މެންބަރުން އައްޔަންކޮށްފި

ޕީސީބީ އަށް ތިން މެންބަރުން އައްޔަންކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2023 01:44
0

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) ބޯޑުގައި ހުސްވެފައިވާ ތިން ގޮނޑި އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެމްބަރުން އައްޔަން ކުރައްވައިފިއެވެ.

ޕީސީބީ އަށް ރައީސް ޑރ. މުއިއްޒު އައްޔަން ކުރެއްވި މެންބަރުންނަކީ:

– އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން: އަހުމަދު މުޝްތާގު، ދަފްތަރު 4652

– ބޭންކިން ދާއިރާ އިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން

– ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ ށ. ކޮމަންޑޫ

މޫސާ ފަތުހީއަކީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. އޭނާ އަށް އިއްޔެ ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފައެވެ. ލީނާ އަބްދުލްޖަލީލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ސީއީއޯ ކަން ވެސް ކުރައްވައިފައެވެ.

ގާނޫނުގައިވާ ގޮތުން ޕީސީބީގެ ބޯޑުގެ ކޯރަމަކީ ފަސް މެންބަރުން ކަމަށް ވިޔަސް މީގެ ކުރިން ތިއްބެވީ ތިން މެންބަރުންނެވެ. އެ ބޯޑުގައި ކޯރަމް ހަމަނުވާތާ ތިން މަސް ވެއްޖެއެވެ.

މި މެންބަރުން އައްޔަން ކުރުމާއެކު ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެން އޮތް ހުރަސް ނެތިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.