ގަމުން 600 މީހުން ޕީއެންސީއާއި ގުޅިއްޖެ

ގަމުން 600 މީހުން ޕީއެންސީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
21 ނޮވެމްބަރ 2023 12:19
0

ލ. ގަމުން 600 މީހުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއި ގުޅިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީއާއި އަލަށް ގުޅުނު މީހުންގެ ފޯމުތަކާއި ހަވާލުވީ ޕީއެންސީގެ ޗެއާޕާޗަން އަދި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުއްރަހީމެވެ. ވެރިކަން ކުރާ ޕީއެންސީއަށް ވަކި އޮފީހެއް ގާއިމުކޮށް ޕާޓީ ދަފުތަރަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް އެޕާޓީން ވަނީ ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕާޓީތަކުގެ ދަފުތަރުގައި އޮތް ގޮތުން، މިދިޔަ ފެބްރުއަރީ 21 އާ ހަމައަށް ޕީއެންސީގައި މެންބަރުންގެ ގޮތުގައި ތިބީ 3159 މެންބަރުންނެވެ.

ނަމަވެސް ރައީސް މުއިއްޒަށް އިންތިޚާބު ކާމިޔާބުވުމަށްފަހު ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ދަނީ ޕީއެންސީއާއި ގުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.