ބާރަށު ދާއިރާގެ ތައުލީމު އެހެން ހަރުފަތަކަށް ގެންދިއުމަށް ޝުޖާގެ އުންމީދީ ތަސައްވަރެއް!

ބާރަށު ދާއިރާގެ ތައުލީމު އެހެން ހަރުފަތަކަށް ގެންދިއުމަށް ޝުޖާގެ އުންމީދީ ތަސައްވަރެއް!

ގުޅުންހުރި

ބާރަށު ދާއިރާގެ ރަށްތަކުގައި ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކޮށް، އެހެން ހަރުފަތަކަށް ގެންދިއުމަށް އެދާއިރާގެ މަޖިލިސް ގޮޑިއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާގެ އުންމީދީ ތަސައްވަރު ހުށަހަޅުއްވައިފިއެވެ.

ޝުޖާވަނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައިވެސް އޭނާ މީގެ ކުރިންވެސް މަޖިލީހުގައި ތަމްސީލްކުރި ބާރަށު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައެވެ. ޝުޖާ އަކީ އެދާއިރާގެ ތަރައްޤީއަށް މީގެ ކުރިންވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޝުޖާ ގެންދަވަނީ އިތުރު ހެޔޮ ބަދަލުތަކެއް ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބުކޮށް އެދާއިރާއަށް ގެނައުމަށް މުހިންމު ތަސައްވަރުތަކެއް ހުށަހަޅުއްވަމުންނެވެ.

އެގޮތުން ޝުޖާ ވަނީ ބާރަށު ދާއިރާގެ 4 ރަށުގައި ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރުމަށް އެހީވުމަށް ނިންމަވައި އެކަންކަން ރައްޔިތުންނަށް ހުށަހަޅުއްވާފައެވެ. އެގޮތުން ދާއިރާގެ ކޮންމެ ރަށެއްގެ ސްކޫލްގައި އަމިއްލަ ޚަރަދުގައި ކޮންޕިއުޓަރ ލެބެއް ޤާއިމްކޮށް، އައިޓީ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންނަށް ލެބްގެ ބޭނުން ކުރެވިގެންދާނެ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ. އަދި މީގެއިތުރުން އައިޓީ ކޯސްތައް ހިންގުމަށް ޝައުގުވެެރިވާ ފަރާތްތަކަށް ސްކޫލާ ގުޅިގެން އައިޓީ ކޯސްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

އަޅުގަނޑުގެ އަޒުމަކީ ބާރަށު ދާއިރާގެ ސްކޫލްތަކުން އޯލެވެލް ނިންމައި ނުކުންނަ ދައިވަރުންނާއި އައިޓީ ދާއިރާއަށް ޝައުގުވެެރިވާ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ރަށުގައި ތިބެގެން މިދާއިރާއިން މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން. މާތް ރަސްކަލާންގެ ހެޔޮރަޚްމަތާއި ތިޔަލޮބުވެތި ރައްޔިތުންގެ ތާޢީދާއެކު ބާރަށު ދާއިރާގެ ގޮނޑިއަށް އަޅުގަނޑު އިންތިޚާބު ވާތާ 3 މަސްތެރޭ ހުރިހާ ރަށެއްގައި ލެބް ޤާއިމްކޮށް ނިންމަދޭނަން. މިކަމަށްބޭނުންވާ ދިރާސާތައް އަޅުގަނޑު ހަދައި ނިންމައިފީމު. ޝުޖާ ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ 4 ރަށުގެ ސްކޫލް ތަކުގައި 2023 ވަނަ އަހަރު ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދުތައް:
ހއ.ބާރަށް (ބާރަށު ސްކޫލް)

– ސްކޫލްގައި ކިޔަވަމުންގެންދާ ޖުމްލަ ދަރިވަރުންގެ ޢަދަދު: 272
– މިއަހަރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ޢަދަދު: 23

ހއ.މުރައިދޫ (މުަރައިދޫ ސްކޫލް)

– ސްކޫލްގައި ކިޔަވަމުންގެންދާ ޖުމްލަ ދަރިވަރުންގެ ޢަދަދު: 166
– މިއަހަރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ޢަދަދު: 10

ހއ.އުތީމު (ޣާޒީ ބަންޑާރައިން ސްކޫލް)

– ސްކޫލްގައި ކިޔަވަމުންގެންދާ ޖުމްލަ ދަރިވަރުންގެ ޢަދަދު: 163
– މިއަހަރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ޢަދަދު: 12

ހއ.ތަކަންދޫ (ޝަހީދު އަލިތަކުރުފާނު ސްކޫލް)

– ސްކޫލްގައި ކިޔަވަމުންގެންދާ ޖުމްލަ ދަރިވަރުންގެ ޢަދަދު: 24
– މިއަހަރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ޢަދަދު:-

ހއ.ތަކަންދޫ ސްކޫލްގައި ދަރިވަރުން މަދަސް، އޯލެވެލް ހަދާ ދަރިވަރެއް ސްކޫލްގައި މިވަގުތު ނެތަސް ތަކަންދޫ ބާކީ ނުވާނެކަމުގެ ޔަޤީންކަން ޝުޖާ ވަނީ ދެއްވާފައެވެ. އަދި ތަކަންދޫގައި ލެބް ގާއިމް ކުރާނީ ތަކަންދޫ ރައްޔިތުން އެދޭ ގޮތަށް ކަަމަށް އޭނާ ވިދާޅުވިއެވެ.

ބާރަށު ދާއިރާގައި 625 ދަރިވަރުން މިވަގުތު ތިބިއިރު އޭގެތެރެއިން 45 ދަރިވަރުން މިއަހަރު އޯލެވެލް ނިންމައި ނުކުންނައިރު، ރަށުގައި މައިންބަފައިން ގާތުތިބެގެން ކޮންމެވެސް ދާއިރާއަކުން މަތީތަޢުލީމު އުނގެނުމުގެ ފުތުޞަތު ފަހިކޮށް ދިނުމަކީ ޝުޖާގެ ޢަޒުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ