މަގާމުން ވަކިކުރަން ފޮނުވި މެޖިސްޓްރޭޓު އަލީ އާދަމްގެ ދަރަޖަ ދަށްކުރަނީ

މަގާމުން ވަކިކުރަން ފޮނުވި މެޖިސްޓްރޭޓު އަލީ އާދަމްގެ ދަރަޖަ ދަށްކުރަނީ

ގުޅުންހުރި

ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމްގެ މަޤާމު ދަށް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން އަލީ އާދަމް އަކީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓު ކަމަށެވެ. މީގެ ކުރިން އޭނާ އަދާކުރެއްވީ އިސް މެޖިސްޓްރޭޓުގެ މަގާމެވެ. ޖޭއެސްސީން ބުނީ އަލީ އާދަމްގެ މަގާމު ދަށްކުރަން ނިންމީ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާނުކޮށް، ފަރުވާކުޑަކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަަލީ އާދަމް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި މިއަދު ވަނީ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އަލީ އާދަމް ވަކިކުރުމުގެ މައްސަލައެއް ކުރިން ހުށަހެޅީ ޖުލައި 23 ގައެވެ. ޖޭއެސްސީން ބުނީ އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރިން އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވުމަކީ އެ ކޮމިޝަންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަޙްޤީޤުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، 2023 ޖުލައި 23 ވަނަ ދުވަހުގަ އާއި 2023 އޮކްޓޫބަރު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާވެސް އަރުވާފައެވެ. އޭގެ ތެރޭގައި ވަރިވާން ކޯޓަށް އެދި ހުށަހެޅި މައްސަލައަކާ ގުޅިގެން އަންހެން މީހާއަށް ގުޅައި މެސެޖްކޮށް ހެދި މައްސަލައެއްވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ