އުންމީދަކީ އަސްލަމްގެ ރިޔާސަތުގައި ދިމުޤުތާޠީ ހަޔާތަށް ކުރިއެރުން ލިބިގެން ދިއުން: ޝަހީމް

އުންމީދަކީ އަސްލަމްގެ ރިޔާސަތުގައި ދިމުޤުތާޠީ ހަޔާތަށް ކުރިއެރުން ލިބިގެން ދިއުން: ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވި މުހައްމަދު އަސްލަމްގެ ރިޔާސަތުގައި ޤައުމުގެ ދިމުޤުރާޠީ ޙަޔާތަށް ޞުލްޙަވެރިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިހާބު ކުރުމަށް ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އަސްލަމާއި ވާދަކުރެއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުއެވެ.

މަޖިލިސް ރައީސް ހޮވުމަށް ބޭއްވި ވޯޓުގައި އަސްލަމަށް 53 ވޯޓު ލިބިވަޑައިގެންނެވިއެވެ. އާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ. މިޖަލްސާއަށް 77 މެންބަރުން ވަޑައިގެންނެވިއިރު ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ.

އަސްލަމަށް މަރުޚަބާ ވިދާޅުވެ ޝަހީމް ވިދާޅުވީ އަސްލަމްގެ ރިޔާސަތުގައި ރާއްޖޭގެ ދިމުޤުރާޠީ ޙަޔާތަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ރައްޔިތުންގެ މަޖްލީހުގެ އާ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމަށް އަސްލަމަށް މަރުޙަބާ ދަންނަވަން. ދުޢާއަކީ އަސްލަމްގެ ރިޔާސަތުގައި ރާއްޖޭގެ ދިމުޤުރާޠީ ޙަޔާތަށް ޞުލްޙަވެރިކަމާއި ކުރިއެރުން ލިބިގެންދިއުން. އާމީން.

– ޑރ. ޝަހީމް ވިދާޅުވިއެވެ.

އަސްލަމަކީ މިވަގުތު މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ ތެރެއިން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނޭ އެ ޕާޓީގެ އިސް ސިޔާސީ ލީޑަރެކެވެ. މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގައި އޮތްއިރު، މަޖިލީހުން ކުރަން ހުރި އެންމެ މުހިންމު މަސައްކަތްތަކަކީ އަންނަ ސަރުކާރާއި ދިވެހި ރައްޔިތުންނާއި ގުޅުން އޮތް މަސައްކަތްތަކެވެ. އެގޮތުން އިންތިޚަބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔަތާއި، އަންނަ އަހަރުގެ ބަޖެޓް ފާސް ކުރުމާއި، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *