ފްލެޓު ހަވާލުކުރުން މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފި

ފްލެޓު ހަވާލުކުރުން މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފި

އިންތިގާލީ މި މަރުހަލާގެ ތެރޭގައި، ފްލެޓުތައް ދިނުން މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ ހައުސިން މިނިސްޓްރީން ޢާންމުކޮށްފައެވެ. މިއާއެކު ފްލެޓުތައް ބަހާލީކަމަށް ތުހުމަތުކޮށް އެތައް ބަޔަކު އަންނަނީ އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ހައުސިން މިނިސްޓްރީއަށް ގޮސްގެންވެސް އަޑުގަދަކޮށް އެކަން ހުއްޓުމަށް އެދިފައިވެއެވެ.

ފްލެޓުދޭ ގޮތާއި ގުޅިގެން އިންތިޚާބީ ރައީސްގެ އޮފީހަށްވެސް ޝަކުވާ ހުށައަޅާކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ އިސްކަންދެއްވާނެ އެއް ސިޔާސަތުކަމަށެވެ. އެ ސިޔަސަތު ތަންފީޒްކުރުމަށް ބުރޫއެރާގޮތަށް އަދި ރައްޔިތުންނަށް ދަތިވާގޮތަށް ކުރާ ކަންކަން ހުއްޓާލުމަށް އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ފްލެޓު ދިނުމުގައި ނާޖާއިޒް ގޮތުގައި ވަކިބަޔަކަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާނަމަ އެކަންކަން ބަލާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ އިންތިގާލީ މަރުހަލާގައި އަވަސްއަރުވާލައިގެން ކަންކަން ކުރުމުގެ ބަދަލުގައި އައު ސަރުކާރުން އެ މަސައްކަތް ކުރުންހަވާލުކުރުމަކީ އެންމެ ރަނގަޅުގޮތްކަމަށްވެސް ވިދާޅުވެފައެވެ.

މިއޮތް 9 ދުވަސް ތެރޭގައި އެންމެ އިންސާފުވެރިކަމާއެކު އެކަން ގެންދެވޭނެކަމަށް ގަބޫލެއް ނުކުރެވޭ. އަދި އެކަމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަމުގެ ޝަކުވާ އިންތިހާބީ ރައީސް އޮފީހަށް ދަނީ ލިބެމުން. މިކަން ހުއްޓާލުމަށް އިންތިހާބީ ރައީސް އެދިވަޑައިގަތީ އެންމެ އިންސާފުވެރިކޮށް އެކަން ކުރިއަށްނުގެންދެވޭނެތީ.

– ފިރުޒުލް ވިދާޅުވިއެވެ.

މިސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކުރާ 4000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން ވިހި ހާހަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއެވެ. އަދި 13 ހާހަށްވުރެ ގިނަ މީހުން ޝަރުތު ހަމަވިއެވެ. ސަރުކާރުން ނިންމީ ޝަރުތު ހަމަވާ އެންމެނަށް ފްލެޓު ދިނުމަށެވެ. ނަމަވެސް 4000 ފްލެޓު އަދި ނުނިމޭތީއާއެކު ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މި ސަރުކާރުންވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުވެސް މިމަހުގެ 4ގައި ޢާންމުކޮށްފައެވެ. އެ ލިސްޓުގައި ފްލެޓު ދީފައިވަނީ ސަރުކާރުން ބޭނުންވާ މީހުންނަށްކަމަށް ތުހުމަތުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ބަލަކޮއިފުޅާތިޔައީއާކަމެއްނޫނެވެކޮއްމެސަރުކާރަކުންވެސްސަރުކާރުނިމެންދާފަހުނޭވާގައިއަޅަނީ ޅައިހަލުންނެވެކާށީގެބަދަލުގައިއަޅަނީޅަބުޅިއެވެއެއީއާކަމެއްނޫނެވެ

Leave a Reply

Your email address will not be published. Required fields are marked *