ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން ހަރަކާތްތަކެއް ހިންގަނީ

ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން ހަރަކާތްތަކެއް ހިންގަނީ

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2023 11:31
0

ކުރިއަށް އޮތް ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ތަފާތު ތިން ހަރަކާތެއް ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވަތީ އެ ހަރަކާތްތަކަށް އެހީތެރިވުމަށް އާބަންކޯ އިން ނިންމައިފިއެވެ.

އެގޮތުން ރޭވިފައިވާ ހަރަކާތްތަކަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޕާކްގައި "ފަލަސްތީނުގެ ހާލަތާއި މެދު" މިމައުލޫއަށް އިލްމުވެރިންގެ ގުޅުމާއި ހިދުމަތް ޖަމިއްޔާ ގުޅިގެން މިއަދު ހަވީރު ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަނަށް އެހީތެރިވުމެވެ.

މޯމްސަ އެންޖީއީ ހިޔާ ސަރަހައްދުގައި މާދަމާ ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިން އިވެންޓަށްވެސް އެހީތެރިވުމަށް އާބަންކޯ އިން ވަނީ ނިންމާފައެވެ. މީގެއިތުރުން ކޭކް ޑޯނާސް އިން ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިން އިވެންޓްގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އެމީހަކަށް ވެވުނު ވަރަކުން މަސައްކަތް ކޮށްދިނުމަށްވެސް އާބަންކޯ އިން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.