ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން

ސައުދީގެ ކުރީގެ ޖާސޫސީ އޭޖެންޑް މަރާލުމަށް ކެނެޑާއަށް ޓީމެއް ފޮނުވިކަމަށް ބުނާ ވާހަކަ ޕްރިންސް މުހައްމަދު ދޮގުކޮށްފި

ސައުދީގެ ކުރީގެ ޖާސޫސީ އޭޖެންޑް މަރާލުމަށް ކެނެޑާއަށް ޓީމެއް ފޮނުވިކަމަށް ބުނާ ވާހަކަ ޕްރިންސް މުހައްމަދު ދޮގުކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ސައުދީގެ ކުރީގެ ޖާސޫސީ އޭޖެންޓަކު މަރާލުމަށް ޕްރިންސް މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ކެޑާއަށް ޓީމެއް ފޮނުވިކަމަށް ބުނެ، ސައުދީ ކުރީގެ ޖާސޫސީ އޭޖެންޓު އެމެރިކާގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ދެކޮޅަށް، އެމްބީއެސްގެ ލޯޔަރުން ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

އެމެރިކާގެ ކޯޓަށް ހުށަހެޅުއްވި މިމައްސަލާގައި އެމްބީއެސްގެ ގާނޫނީ ޓީމުން ބުނެފައިވަނީ، ސައުދީ ކުރީގެ ޖާސޫސީ އޭޖެންޓު މަރާލުމަށް އެމްބީއެސް ކެނެޑާއަށް ޓީމެއް ފޮނުވިކަމުގެ އެއްވެސް ހެއްކެއް ކޯޓުގައި ދެއްކިފައި ނުވާކަމަށާއި އަދި، އެމެރިކާގެ ގާނޫނުތަކުން އެމްބީއެސްގެ މައްޗަށް އެމެރިކާގެ އެއްވެސް ކޯޓެއްގައި މިފަދަ މައްސަލައެއްގައި ދައުވާ ނުކުރެވޭގޮތަށް އޭނާއަށް ގާނޫނީ ހިމާޔަތްތެރިކަން ލިބިފައި ވާކަމަށެވެ.

ޖުމްލަ 106 ސޮފްހާގެ މައްޗަށް އެކުލެވޭ، އެމްބީއެސްއާ ދެކޮޅަށް މިއަހަރުގެ އޮގްސްޓް މަހު އެމެރިކާގެ ކޯޓަށް މައްސަ ހުށަހަޅުއްވާފައިވަނީ، ސައުދީގެ ކުރީގެ ވަލީ އަހުދު މުހައްމަދު ބިން ނާއިފްގެ ކުރީގެ އަރިސް ބޭފުޅެއްކަމުގައިވާ ސާދް އަލް-ޖަބްރީގެ ފަރާތުންނެވެ. ސާދު އަލް-ޖަބްރީ މިހާރު ދިރިއުޅުއްވަނީ އަމިއްލަ ފުޅަށް އެމެރިކާއަށް އަރުވާލެއްވިގެންނެވެ. 2017 ވަނައަހަރު ޝާހީ ގަޑުވަރުގައި ގެނެވުނު ބަޢާވާތެއްގައި، މުހައްމަދު ބިން ނާއިފް ވަލީ އަހުދުކަމުން ދުރުކޮށް، ވަލީ އަހުދު ކަމުގެ މަގާމަށް ވަޑައިގެންނެވީ އެމްބީއެސްއެވެ.

އެމްބީއެސްއާއި ދެކޮޅަށް އެމެރިކާގެ ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ޖަބްރީ ބުނެފައިވަނީ، އެމްބީއެސް އޭނާ މަރާލަން އުޅެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ، އޭނާ ސައުދީގެ އިސް އިންޓެލިޖެންސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރަނި ކޮންނެވެ. އަދި އިތުރަށް ބުނެފައިވަނީ، އޭނާ ސައުދީ އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި ހުރެފައި ވުމަކީ، އެމްބީއެސްއަށް އޮތް ނުރައްކަލެއްކަމުގައި އޭނާ ދެކެފައިވާ ކަމަށާއި، އެމްބީއެސް އޭނާ މަރާލަން ބޭނުންވި ހަގީގީ ސަބަބަކީވެސް އެއީ ކަމުގައެވެ. ޖަބްރީ ވިދާޅުވެފައިވަނީ، އޭނާ މަރާލަން ފޮނުވާފައިވާ މަރު-ޓީމަށް ދީފައިވާނަމަކީ “ޓައިގަރ”އެވެ.

އެމެރިކާގެ ކޯޓަށް ޖަބްރީ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އެމްބީއެސް ފޮނުވި ޓައިގަރ މަރު-ޓީމުން އޭނާ މަރާލުމަށް މަސައްކަތް ކޮށްފައިވަނީ، އެޓީމުން، ސައުދީ ރައްޔިތެއް ކަމުގައިވާ ޖަމާލް ކަށޯގީ، ތުރުކީގައި ހުންނަ ސައުދީ އެންބަސީގައި، 2018 ވަނަ އަހަރުގެ 2 ވަނަ ދުވަހު މަރާލިތާ 13 ދުވަސް ފަހުންނެވެ.

ޖަބްރީ ބުނެފައިވަނީ، އެނާ މަރާލުމަށް ރޭވި ރޭވުންތައް ނާކާމިޔާބު ވެފައިވަނީ، ޓައިގަރ މަރު-ޓީމު ކެނެޑާއަށް އެތެރުވުމަށް ކެނެޑާ ބޯޑަރު ހުރަސްކުރުމުގައި ކުރިމަތިވި ސެކިއުރިޓީއާ ގުޅުންހުރި މައްސަލަތަކެއްގެ ސަބަބުންނެވެ.

އެހެންނަމަވެސް، އެމެރިކާގެ ކޯޓުގައި އެމްބީއެސް ތަމްސީލުކުރާ ލޯޔަރު މައިކަލް ކެލޮގް ކޯޓަށް ހުށަހަޅާފައިވާ 78 ސަޮފްހާގެ ކުއްލި މައްސަލާގައި ބުނެފައިވަނީ، “ޖަބްރީ އަށް އޭނާ ބޭނުންވާ ވާހަކަތަކެއް ނޫސްތަކަށް ފޯރުކޮށް ދެވިދާނެ ކަމަށާއި، އެހެންމަވެސް މިމައްސަލައަކީ އެމެރިކާގެ ފެޑެރަލް ކޯޓާއި ގުޅުންހުރި މައްސަލައެއް ނޫން” ކަމުގައެވެ. މިމައްސަލާގައި ބަޔާން ކޮށްފައިވަނީ، ޖަބްރީއަކީ ސައުދީ-މޯލްޓީސްގެ ރައްވެހިކަން އޮތް މީހަކަށް ވާއިރު، އަދި ޖަބްރީ މަރާލުމަށް ދޭން އުޅުނުކަމަށް ބުނާ ހަމަލާއަކީ ކެނެޑާގައި ދޭން މަސައްކަތްކުރި ހަމަލާއެއް ކަމަށް ޚުދު ޖަބްރީވެސް ބުނެފައިވާތީ، މިމައްސަލަ އެމެރިކާގެ އެއްވެސް ކޯޓެއްގައި ބެލުމުގެ އެއްވެސް އިހުތިސާސްއެއް ނެތްކަމުގައެވެ.

އެމްބީއެސްގެ ފަރާތުން ހުށަހެޅި މިމައްސަލާގައި އިތުރަށް ބުނެފައިވަނީ، ޖަބްރީ ކުރާ ތުހުމަތުތައް ހަގީގަތަކަށް ވިނަމަވެސް، އޭނާ މަރާލުމަށް ކެނެޑާގައި ހިންގުނު އަމަލަކީ، އެމެރިކާގައި ކުރެވުނު ނުވަތަ ހިގި އެއްވެސް ކަމަކާ ގުޅުންހުރި އަމަލެއްގެ ގޮތުގައި ޖަބްރީއަށް ސާބިތު ކޮށްދެވިފައި ނުވާކަމަށެވެ.

ޖަބްރީ އެމްބީއެސްއާއި ދެކޮޅަށް އެމެރިކާގެ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، 1991 އަހަރު އެމެރިކާގައި ފާސްކޮށްފައިވާ، “އަނިޔާ ލިބޭ މީހުންނަށް ހިމާޔަތް ދޭ ގާނޫނު”ގެ ދަށުން، ގައުމުން ބޭރުގެ މީހުންނާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކުގައި ދައުވާކުރުމަށް ލިބިދޭ އިމްތިޔާޒުތަކުގެ ބޭނުން ކޮށްގެންނެވެ.

އެމްބީއެސްގެ ލޯޔަރު ހުށަހެޅުއްވި މައްސަލާގައި އިތުރަށް ބަޔާން ކޮށްފައިވަނީ، ކޮމޮން-ލޯއިން، ބޭރުގެ ދައުލަތްތަކަށާއި އަދި ގައުމުން ބޭރުގެ އޮފިޝަލުންގެ މައްޗަށް ދައުވާ ނުކުރެވޭގޮތަށް ހިމާޔަތް ލިބިދީފައި އޮންނާތީ، މި ތުހުމަތުތަކުން އެމްބީއެސްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމުގައެވެ.

ބޭރު ގައުމުތަކުގެ އޮފިޝަލުންނަށް އެމެރިކާގައި ލިބިދީފައި އޮންނަ ގާނޫނީ ރައްކާތެރިކަމަކީ، މިނިވަން ދައުލަތްތަކާ ދެކޮޅަށާއި އަދި ދައުލަތްތަކުގެ އިސް އޮފިޝަލުންނާއި ދެކޮޅަށް އެމެރިކާގައި ދައުވާ ނުކުރެވޭ ގޮތަށް ލިބިދީފައި އޮންނަ ގާނޫނީ ރައްކާތެރިކަމެކެވެ.

އެމްބީއެސްއާއި ދެކޮޅަށް ކުރެވޭ މި ތުހުމަތުތައް ސައުދީ އަރަބިއާއިން ވަނީ ދޮގު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.