އުތީމު ގަނޑުވަރު - ފޮޓޯ: ވިކިމޯލްޑިވްސް

އާދީއްތަ ދުވަހުން ފެށިގެން އުތީމު ގަނޑުވަރު އަލުން ފުޅުވާލަނީ

އާދީއްތަ ދުވަހުން ފެށިގެން އުތީމު ގަނޑުވަރު އަލުން ފުޅުވާލަނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ކޯވިޑު-19ގެ ސަބަބުން ވަގުތީގޮތުން އާންމުންނަށް ބަންދުކުރި އުތީމު ގަނޑުވަރު އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށް ނިންމައިފިއެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ އަލުން ގަނޑުވަރު ހުޅުވާއިރު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 13:30 އަށް އާންމުންނަށް ގަޑުވަރު ބަލާލުމަށް ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ މަރުކަޒުން ވަނީ ގަނޑުވަރަށް ޒިޔާރަތްކުރާ މެހުމާނުން ޢަމަލުކުރަންޖެހޭ ހާއްސަ އުސޫލެއް ކަނޑައަޅާފައެވެ.

އެ އުސޫލުތަކުގައި ވާގޮތުން ގަނޑުވަރަށް ޒިޔާރަތްކުރާ މީހުން، ޒިޔާރަތްކުރަން ބޭނުންވާ ދުވަހުގެ އެއްދުވަސްކުރިން ނަން ނޯޓުކުރަންޖެހޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް ގިނަވެގެން ދޫކުރާނީ 50 އެޕޮއިންޓްމަންޓް ކަމަށާއި ވަގުތު އޮތްވަރަކަށް ބަލައި މަރުކަޒުން ނިންމާ ގޮތެއްގެ މަތިން އިތުރު ފުރުސަތު ދެވޭނެ ކަމަށްވެސް މި އުސޫލުގައި ވެއެވެ.

މީގެ އިތުރުން އަދި މިވަގުތު ގަނޑުވަރަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނީ ދިވެހިންނާއި، ރާއްޖޭގައި ވަޒަންވެރިވެގެން އުޅޭ ބިދޭސީންނާއި، ވާކް ޕަރމިޓް އޮތް ބިދޭސީންނަށް ކަމަށްވެސް މި އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ. އަދި ކޯވިޑްގެ ސަބަބުން ފުރަބަންދު ކޮށްފައިވާ އެއްވެސް ތާކުން އަންނަ މީހަކަށް ގަނޑުވަރަށް ވަނުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ގަނޑުވަރު އެއްކޮށް ބެލުމަށްފަހު ގަނޑުވަރު ތެރޭގައި މަޑުކުރެވޭނީ އިތުރު 5 މިނިޓުގެ ވަގުތަކަށް ކަމަށްވެސް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އާންމުކުރި އުސޫލުގައި ވަނީ ބުނެފައެވެ. އަދި ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގަނޑުވަރުގެ ވަޅުތަކުން ފެން ބޭނުންކުރުމުގެ ފުރުޞަތުވެސް ނުލިބޭނެއެވެ.

މި އުސޫލުތަކާ ޚިލާފުވާނަމަ ގަނޑުވަރަށް ވަނުމުގެ ފުރުޞަތު ނުދީ ފޮނުވާލުމުގެ އިޚުތިޔާރު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ލިބިގެންވާކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެއެވެ.

ގަނޑުވަރު ބަލާލަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ނަން ނޯޓުކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:30 އަށެވެ. އެގޮތުން ނަންނޯޓުކުމަށް 3340255 ނުވަތަ
3340254 އަށް ގުޅުމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އެދެއެވެ.

ކޯވިޑް-19ގެ ސަބަބުން އުތީމު ގަނޑުވު ވަގުތީގޮތުން އާންމުންނަށް ބަންދުކުރީ މިއަހަރުގެ މާޗުމަހުގެ 9 ވަނަ ދުވަހުންފެށިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.