މިސްރުގެ ރައީސް ސީސީ އަދި ފްރާންސްގެ ރައީސް އެމަނުލް މެކްރޮން

އިންސާނީ ހައްގުތަކުގެ ރެކޯޑަށް ބެލުމެއް ނެތި މިސްރަށް ހަތިޔާރު ވިއްކާނަން: މެކްރޮން

އިންސާނީ ހައްގުތަކުގެ ރެކޯޑަށް ބެލުމެއް ނެތި މިސްރަށް ހަތިޔާރު ވިއްކާނަން: މެކްރޮން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ދާކަމަށް، މިސްރުގެ ސަރުކާރުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކަށް ބެލުމެއް ނެތި، މިސްރަށް ހަތިޔާރު ވިއްކަމުން ދާނެކަމަށް، ފަރާންސްގެ ރައީސް އެމަނޫލް މެކްރޮން ހޯމަ ދުވަހު ވިދާޅު ވެއެޖެއެވެ. މެކްރޮން ވިދާޅުވި ގޮތުގައި މިސްރަށް ހަތިޔާރު ވިއްކަބް ބޭނުންވަނީ، ޓެރަރިޒަމާ ދެކޮޅަށް މިސްރުން ކުރަމުންދާ މަސައްކަތްތައް ބަލިކަށިވެގެން ދިޔަ ނުދިނުމަށްޓަކައެވެ.

މިސްރާއި ފަރާންސްއަކީ، ބައިނަލް އަގުވާމީ ގިނަ މައްސަލަތަކެއްގައި ޚިޔާލު އެއްގޮތް ދެގައުމެވެ. މީގެ ތެރޭގައި، އެފްރިކާގެ ހުޅަގު ސަރަހައްދެއް ކަމުގައިވާ ސެހެލްގައި ހިގަމުންދާ ހަގުރާމަވެރި ހަރަކާތްތަކާ ގުޅޭގޮތުންނާއި، މިސްރުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ މައްސަލަތަކާއި، އަދި މީގެ އިތުރުން ލީބިޔާގައި ހިގަމުންދާ ހަގުރާމަވެސް ހިމެނެއެވެ. މިފަދަ ގިނަ މައްސަލަތަކެއްގައި މިދެގައުމުގެ ޚިޔާލު އެއްގޮތް ވުމުގެ ނަތީޖާއެއްގެ ގޮތުން، މިސްރުގެ ރައީސް އަބުދުލް ފައްތާހު އަލްސީސީ ވެރިކަށް ވަޑައިގެންނެވުމާއެކު މިދެގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުމުގެ އިތުރުން، ދިފާއީ ގުޅުންތައްވެސް ވަނީ ވަރަށް ބޮޑުތަނުން ވަރުގަދަ ވެގެން ގޮސްފައެވެ.

އެހެންނަމަވެސް، ސީސީ ފްރާނަސަށް ވަޑައިގަތުމުގެ ކުރިން، ފްރާންސްގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ 17 ޖަމްއިއްޔާއަކުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި މިޖަމްއިއްޔާތަކުން ތުހުމަތު ކޮށްފައިވަނީ، ސީސީގެ ސަރުކާރުން މިނިވަންކަމާ ގައްގުތައް ހަނިކޮށް އަދި، އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ އަރައިގަތުމަށް، މެކްރޮން ބީރު ކަންފަތެއް ދެމުންދާ ކަމުގައެވެ.

“ދިފާއީ އަދި އިގްތިސާދީ ގުޅުންތައް އަހަރެން، އިންސާނީ ހައްގުތަކާ ގުޅުން ހުރި ކަންކަމާ ނުގުޅުވާނަން،” ފްރާންސްގެ އެލީސީ ގަޑުވަރުގަ ދެގައުމުގެ ދެމެދުގައި ބޭއްވުނު ވާހަކަތަކަށްފަހު، ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެއްގައި މެކްރޮން ވިދާޅުވިއެވެ.

“ބޮއިކޮޓް ކުރުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ހައްލު ހޯދުމުގެ މުހިންމުކަން މާބޮޑު. ސަބަބަކީ، މިސްރު އެކަހެރި ކޮށްފިނަމަ، ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަގުރާމައަށް އޭގެ އަސަރުކުރާނެ،” މެކްރޮން ވިދާޅުވިއެވެ.

ހައްގުތަކަށް ވާކާލާތު ކުރާ ޖަމްއިއްޔާތުކުން ފާޅުކުރި ކަންބޮޑުވުންތަކަށް ފްރާންސްގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައިވަނީ، އެހެން ގައުމުތަކުގެ މައްޗަށް ކުރެވޭ މިފަދަ ތުހުމަތުތަކާއި ގުޅޭގޮތުން އާންމުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި، ފްރާންސްގެ ސަރުކާރުން ގެންގުޅޭ ވިސްނުމަކީ، މިކަންބޮޑުވުންތައް ވަކީން ސަރުކާރުތަކާ ހިއްސާކުރުމެވެ.

2013 އިން 2017 އާއި ދެމެދު، މިސްރަށް އެންމެ ގިނަ އަދަކަކަށް ހަތިޔާރު ވިއްކި ގައުމަކީ ފްރާންސެވެ. އެހެންނަމަވެސް، ފައިޓަރ ޖެޓްތަކާއި، އަދި ކަޑުގައި ދުއްވާ ހަގުރާމަ މަތީ އުޅަދުތައްވެސް ހިމެނޭ މިއެއްބަސްވުންތަކުގެ ވަރަށް ފަހުގެ މަރުހަލާއާއި ހަމައަށް އައިސްފައި ވަނިކޮށް، މިއެއްބަސްވުންތަކަށް އަމަލުކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި، މިއެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓުމަކަށް އައިސްފައިވަނީ، މިސްރުގެ އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންކަމަށްވުރެ ބޮޑަށް ފައިސާގެ މައްސަލަތައް ކުރިމަތިވެގެންނެވެ.

މިސްރުގެ އިންސާނީ ހައްގުތަކުގެ ރެކޯޑާއި ގުޅޭގޮތުން އަމާޒުވެފައިވާ ފާޑުކިއުންތަކަށް ސީސީވަނީ ދެކޮޅު ހައްދަވާފައެވެ.

“މިސްރުގެ ރައްޔިތުންނާ އަދި މުޅި މެދުއިރުމަތީގެ ސުލްހައަށްޓަކާ މިސްރުން ކުރާ ކަންކަމަކީ ޚުދުމުޚްދާރު ކަންކަމުގެ ގޮތުގައި ސިފަކުރުމަކީ އެންމެ ރަގަޅު ގޮތެއް ނޫން،” ސީސީ ވިދާޅުވެފައި ވެއެވެ.

“އަހަރުމެން ކަންބޮޑުވާން ޖެހޭ، އަދި ލަދުވެތި ވާންޖެހޭ ކަމެއްވެސް ނެތް. އަހަރުމެން، މިދަނީ، އެތަކެއް ދަތި އުދަތަކާއެކީ، އަދި މެދުއިރުމަތީގަ ހިގަމުންދާ އެތަކެއް ހަމަނުޖެހުމެއްގެ ތެރެއިންވެސް، މިސްރުގެ ރައްޔިތުންގެ މުސްތަގުބަލަށްޓަކާ އެތަކެއް މަސައްކަތްތަކެއް ކުރަމުން.” ސިސީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.