ނާއިބް ރައީސުންގެ ބަހުސް

ނައިބު ރައީސުންގެ ބަހުސް ބާއްވައިފި

ނައިބު ރައީސުންގެ ބަހުސް ބާއްވައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެންމެ 27 ދުވަހަށް ވެފައުވާއިރު، އިންތިޚާބުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ނާއިބުރައީސުންގެ ބަހުސް މިއަދު ބާއްވައިފިއެވެ.

ކޯވިޑް19ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިއްލޫރި ޕާޓިޝަންތަކުން ވަކިކޮށްފައިވާ ޖަގަހަ ތަކެއްގައި ތިއްބަވައިގެން މިހާރުގެ ނާއިބް ރައީސް މައިކް ޕެންސް އަދި ޑިމޮކްރަޓިކް ޕާޓީގެ ރަނިންގ މޭޓް ކާމިލާ ހެރިސް ވަނީ އެމެރިކާގައި މިވަގުތު އެންމެ ބޮޑަށް ބަހުސް ކުރެވެމުންދާ ގިނަ މައްސަލަތަކުގައި ބަހުސް ކުރައްވާފައެވެ. މީގެތެރޭގައި އެގައުމުގެ ސުޕްރީމް ކޯޓުން ހުސްވެފައިވާ މަގާމަށް ފަނޑިޔާރަކު އައްޔަން ކުރުމާއި، މިހާރު އެގައުމުގައ ހިގަމުންދާ ނަސްލީ ހަމަނުޖެހުންތަކާއި، ކޯވިޑް ޕެންޑަމިކްގެ އިތުރުން އެގައުމުގެ އިގްތިސާދު ހިމެނެއެވެ.

ވޭތުވެދޔަި ހަފްތާގައި ބޭއްވިގެންދިޔަ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސްއާއި ޚިލާފަށް ރަނިންގ މޭޓުންގެ ބަހުސް ފާހަވެގެންދިޔައީ، އެހާ ފޯރިގަދަ ނޫން ނަމަވެސް، ކެނޑިޑޭޓުންގެ ބަހުސަށްވުރެ އުފެއްދުންތެރި އަދި ދެކެނޑިޑޭޓުންވެސް އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއިއެކު ކުރިޔަށް ދިޔަ ބަހުސެއްގެ ގޮތުގައެވެ.

މިބަހުސްގައި ޑިމޮކްރަޓިކް ޕާޓީގެ ރަނިންގ މޭޓް ކާމިލާ ހެރިސް ތުހުމަތު ކުރެއްވި ގޮތުގައި، ކޯވިޑް ކާރިސާ މެނޭޖު ކުރުމުގައި އެމެރިކާ ވަނީ ފެއިލް ވެފައެވެ. އަދި އެމެރިކާގެ މުޅި ތާރީޚުގައިވެސް ކާރިސާއެއް މެނޭޖްކުރުމުގައި މިވަރުގެ ބޮޑު ފެއިލްވުމެއް އެގައުމުން ތަޖުރިބާ ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ރިޕަބްލިކަން ޕާޓީގެ ރަނިންގ މޭޓް މައިކް ޕެންސް ވަނީ އެމެރިކާގައި 210،000 ރައްޔިތުން މަރުވެގެން ގޮސްފައިވާ މިބަލިން އެމެރިކާ ރައްކާތެރި ކުރުމަށް އެމެރިކާގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ. މިގޮތުން މައިކް ޕެންސް ވިދާޅުވިގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އެގައުމުގެ ރައްޔިތުންނާއިއެކީ އަމިއްލަ ނަފްސުން މިބައްޔާ ހަގުރާމަ ކުރައްވަމުންނެވެ.

ރަނިންގ މޭޓުންގެ ބަހުސް ކުރިޔަށް ދަނިކޮށް ޑޮނަލްޑް ޓަރަމްޕް އަދި ޖޯ ބައިޑްންވެސް ވަނީ ދެކެނޑިޓޭޓުންގެ ރަނިންގ މޭޓުންނަށް ތާއިދު ކުރައްވާ ޓުވީޓް ކުރައްވަމުން ގެންދަވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ދެން އިތުރު ރަނިންގ މޭޓުންގެ ބަހުސެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. އެހެންނަމަވެސް ރިޔާސީ ކެނޑިޑޭޓުންގެ އިތުރު ދެބަހުސް އަދި ބޭވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަނަރަވަނަ ދުވަހުއެވެ. އަދި ތިންވަނަ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 22 ވަނަ ދުވަހުއެވެ.

ނާއިބު ރައީސުންގެ ބަހުސް މިއަދު ބާއްވާފައިވާއިރު، އެމެރިކާގެ ރައްޔިތުން މިހާރުވެސް ގެންދަނީ ރިޔާސީ އިންތިޚާބުގައި ޕޯސްޓުގެ ޚިދުމަތް (މެއިލް-އިން-ވޯޓިން) މެދުވެރިކޮށް ވޯޓު ލަމުންނެވެ. މިގޮތުން މިހާތަނަށް އައިއިރު 4 މިލިޔަން މީހުންވަނީ ޕޯސްޓުގެ ޚިދުމަތް ބޭނުންކޮށްގެން މިއިންތިޚާބުގައި ވޯޓު ލާފައެވެ. 2016 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެގައުމުގެ 138 މިލިޔަން ރައްޔިތުން ވޯޓު ލާފައިވާއިރު، ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ 156 މިލިޔަން މީހުން ވޯޓު ލާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.