ސައިދީ ރަސްގެފާނާއި ގަތަރުގެ އަމީރު ބައްދަލު ކުރައްވަނީ

ސައުދީއާ ގަތަރު ސުލްހައިގެ އެއްބަސް ވުމަކަށް!

ސައުދީއާ ގަތަރު ސުލްހައިގެ އެއްބަސް ވުމަކަށް!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ސައުދީ އަރަބިއާވެސް ހިމެނޭގޮތުން، 4 އަރަބި ގައުމަކުން ގަތަރު ބޮއިކޮޓް ކޮށްފައި އޮތްއޮތުން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެކަމަށް، ސައުދީ އަރަބިއާގެ ފޮރިންގ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

“ފާއިތުވެދިޔަ ދުވަސްތަކުގައި އަހަރުމެންނަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފަ،” އިޓަލީގެ އެނޫލް މެޑިޓޭރޭނިއަން ޑައިލޮގް ނަމަކަކަށް ކިޔާ މީޑިއާއަކަށް ހުކުރު ދުވަހު މައުލޫމާތު ދެއްވަމުން ސައުދީގެ ފޮރިން މިނިސްްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވެފައި ވެއެވެ.

“އަހަރުމެން އުއްމީދު ކުރަނީ، މި ލިބިގެންދިޔަ ކުރިއެރުމުގެ ނަތީޖާއެއްގެ ގޮތުން، އެންމެ ފަހުގެ އެއްބަސްވުމާއި ހަމައަށް ދިއުން މިހާރުވަނީ ވަރަށް ކައިރީގަ ކަމަށް. އަދި މި މައްސަލާގަ ޝާމިލްވާ ހުރިހާ ގައުމަކާ އެކީވެސް، އެންމެންނަށް އެއްބަސްވެވޭ އެގްރީމަންޓަކާ ހަމައަށް ދިއުމުގައި މާބޮޑެތި ހުރަސްތަކެއް ކުރިމަކަށް މިހާރު ނުބެލެވޭ،” ޕްރިންސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ސައުދީ އަރަބިއާއާއެކީ ގަތަރާއި ގުޅުން ކަޑާލި އަނެއް 3 ގައުމުކަމުގައިވާ، ބަހުރެއިން، މިސްރު އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން، ވާހަކަތަށް ލިބިގެން ގޮސްފައިވާ ކަމަށް ބުނާ ކުރިއެރުމާ ގުޅޭގޮތުން އަދި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

މީގެ އެއް އަހަރުކުރިންވެސް، މިގައުމުތަކުން ގަތަރު ބޮއިކޮޓް ކޮށްފަ އޮތްތުން ނިމުމަކަށް ގެނައުމަށް މަސައްކަތަކެއް ކުރެވުނެވެ. އެހެންނަމަވެސް، އެވާހަކަތައް ވަނީ ކާމިޔާބު ނުވެ ފެއިލް ވެފައެވެ.

އެހެންނަމަވެސް، މިފަހަރުގެ ވާހަކަތަކާ ގުޅޭގޮތުން ޕްރިންސްލް ފައިސަލް ވާހަކަ ދައްކަވާފަ މިވަނީ، މިވާހަކަ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދާ ފަރާތް ކަމުގައިވާ ކުވައިތުގެ އިސް ޑިޕްލޮމޭޓް، ވާހަކަތަކުގެ ނަތީޖާ ވަރަށް ފޮނިކަމަށް ވިދާޅުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ކުވައިތުގެ ފޮރިންގ މިނިސްޓަރ ޝެއިޚް އަހުމަދު ނަސީރު އަލް-ސަބާހު ހުކުރު ދުވަހު ވިދާޅުވެފައި ވަނީ، ގަރަތު ބޮއިކޮޓް ކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ދެކެވެމުންދާ ވާހަކަތައް ވަރަށް ކާމިޔާބު ކަމުގައެވެ. އެހެންނަމެވެސް، މިވާހަތަށް މުޅިން ކާމިޔާބުވެގެން ގޮސްފައިވާކަމަށް އޭނާ އިއުލާން ކުރައްވާފައެއް ނުވެއެވެ.

“މިހާތަނަށް ކުރިޔަށް ދިޔައީ، ވަރަށް ކާމިޔާބު ވާހަކަތައްކެއް، އަދި ހުރިހާ ފަރާތަކުންވެސް މަސައްކަތް ކޮށްފައިވަނީ ވާހަކަތައް ކާމިޔާބު ކުރުމުގެ ޝައުގުވެރިކަމާ އެކުގައި..އެންމެ ފަހުގެ އެއްބަސްވުމަކާ ހަމައަށް އައުމަށްޓަކާ،” ކުވައިތުގެ ޓީވީން އާންމުކުރި ބަޔާނެއްގައި އަލް-ސަބާހު ވިދާޅުވެފައި ވެއެވެ. އަދި އޭނާ ވަނީ، މިވާހަކަތަކުގައި، ވައިޓްހައުސްގެ ޚާއްސަ މުޝީރު ޖެރާޑް ކުޝްނަރ އަދާ ކުރައްވާފައިވާ ދައުރަށް ޝުކުރު އަދާކޮށްފައެވެ.

ކުވެއިތުގެ މިބަޔާނަށްފަހު، ގަތަރުގެ ފޮރިންގ މިނިސްޓަރ މުހައްމަދު ބިން އަބުދުއްރަހުމާން އަލް ތާނީ ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ކުވައިތުން އަދާ ކޮށްފައިވާ ދައުރަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.