ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެދިވަޑައިގެންނެވި ގޮތަށް، އޭނާ ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު ސަރުކާރުން އިތުރުކޮށްދީފު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އޭނާގެ ޕާޓީ، އެމްޓީޑީން ބުނި ގޮތުގައި ފުރާނައަށް ނުރައްކާވާ ފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯދުމަށެވެ. އެކަމަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް މި މަހުގެ 12 ވަނަ ދުވަހު ސަރުކާރުން ދިނީ 10 ދުވަހުގެ މުއްދަތެކެވެ.
އެކަމަކު އެ މުއްދަތު އިއްޔެ ހަމަވިއިރު ވެސް އަދީބު ރާއްޖެ އެނބުރި ވަޑައިނުގަންނަވާއިރު، ކަރެކްޝަންސް އިން ބުނީ ބޭސްފަރުވާގެ ކަންކަން ނުނިމޭތީ މުއްދަތު އިތުރު ކޮށްދިނުމަށް އަދީބުގެ ފަރާތުން އެދިފައިވާ ކަމަށެވެ.
އަދީބު އެދުނު ގޮތަށް ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދުމުން ސަރުކާރުން އިތުރު ކޮށްދީރައފައިވަނީ 10 ދުވަހުގެ މުއްދަތެއް ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓު ކޮޑްފައި ވެއެވެ.
އަދީބަށް ދަތުރުގެ މުއްދަތު އިތުރުކޮށްދީފައިވާކަމެއް އަދި ރަސްމީ އިދާރާއަކުން ކަށަވަރުނުކޮށްދެ އެވެ.
ކޮމެންޓު ފޮނުވާ