ޔޫރަޕްގައި އެންމެ ބޮޑު މުސްލިމް މައިނޯރިޓީއެއް އޮންނަނީ ފްރާންސްގައި

ޓެރަރިޒަމަށް ހިތްވަރު ދޭކަމަށްބުނެ، ފްރާންސްގައި 76 މިސްކިތެއް ބަންދުކުރަނީ

ޓެރަރިޒަމަށް ހިތްވަރު ދޭކަމަށްބުނެ، ފްރާންސްގައި 76 މިސްކިތެއް ބަންދުކުރަނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް ފްރާންސްގައި ވަރުގަދަފިިޔަވަޅުތަކެއް އެގައުމުގެ ސަރުކާރުން އަޅަން ފަށައިފިއެވެ.

ފްރާންސްގެ އިންޓީރިއަރ މިނިސްޓަރު ޖެރާލް ޑާމަނިން ވިދާޅުވާ ގޮތުގައި މި ވިޔަވަޅުތަކުގެ ތެރޭގައި، ޓެރަރިޒަމްގެ ހަރަކާތްތަކަށް ހިތްވަރުދީ، ވަކިވެގަތުމުގެ ހަރާކްތައް ހިންގާކަމަށް ޝައްކު ކުރެވޭ 76 މިސްކިތެއް އެގައުމުގައި އެބަހުއްޓެވެ.

މިފަހްތާގެ ބުރާސްފަތި ދުވަހު، ފްރާންސްގެ ރޭޑިއޯއަކަށް ދެއްވި އިންޓަވިވްއެއްގެ އޯޑިއޯ ޓުވީޓް ކުރައްވަނުން، ޑާމަނިން ލިޔުއްވާފައިވަނީ، “ކުރިޔަށް އޮތް ދުވަސްތަކުގައި، އަޅުކަން ކުރެވޭ މިތަންތަން ވަރަށް ރަގަޅަށް ބަލާ ފާސްކުރެވޭނެ. އަދި ކުރެވޭ ޝައްކުތައް އެއްވެސް ވަރަކަށް ޔަގީން ކުރެވިއްޖެނަމަ، ވަގުތުން މި މިސްކިތްތައް ބަންދު ކުރެވޭނެ.”

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ދިނީގޮތުން ހައްދު ފަހަނައަޅާ ދިއުމަށް ހިތްވަރުދޭކަމަށް ބެލެވޭ، އަދި އެއްވެސް ސައްޙަ ލިޔެކިއުމެއް ނެތް 66 މީހަކު މިހާރުވަނީ އެމީހުންގެ ގައުމަށް އަބުރާ ފޮނުވާލާފައެވެ.

ފާއިތުވި ހަފްތާތަކުގައި އެގައުމުގެ އެކި ހިސާބުތަކުގައި ދީފައިވާ ވަރުގަދަ ހަމަލާތަކެއްގެ ނަތީޖާއެއްގެ ގޮތުން، ފަރާންސްގެ ރައީސް އެމަނުލް މެކްރޮންގެ ސަރުކާރުންވަނީ، ދީނީގޮތުން ހައްދު ފަހަނައަޅާ ދިއުމާދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު ދީފައެވެ. ޑާމަނިން ސިފަކުރައްވާފަ ވަނީ، ދީނީގޮތުން ހައްދު ފަހަނައަޅާފަވާ މީހުންނަކީ، އެމީހުންގެ ތެރޭގައިގައި ތިބި އެމީހުންގެ ދުޝްމަނުންނެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު، މެކްރޮމް ވަނީ، “ވަކިވެގަތުމަށް މަސައްކަތްކުރާ އިސްލާމިސްޓުން”ނާ ދެކޮޅަށް މަސައްކަތްކުރާ ޕޭންއެއް އެކުލަވާ ލައްވާފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، މުޅި ދުނިޔޭގައިވެސް އިސްލާމްދީން އޮތީ ކާރިސާއެއްގެ ތެރޭގައި ކަމަށެވެ. ކެމަރަންގެ މި ވިދާޅުވުމާ ދެކޮޅަށް، ފްރާންސްގެ މުސްލިމުންނާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް ވަނީ ނުރުހުން ފާޅު ކޮށްފައެވެ.

ރޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު މުސްލިމް މައިނޯރިޓީއެއް އޮންނަނީ ފްރާންސްގައެވެ. އަދި ފްރާންސްގެ މުސްލިމުން ގަބޫލު ކުރާގޮތުގައި، ފްރާންސްގެ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް މިހާރު ގެންގުޅެމުންދާ ސިޔާސަތު ތަކަކީ، ފަހަކަށްއައިސް އެގައުމުގައި ހިންގާފައިވާ ހަމަލާތަކުގެ ބަދަލު ހިފުމުގެގޮތުން އެގައުމުގައި ދިރިއުޅެމުންދާ މުސްލިމުންގެ ކިބައިން ބަދަލުހިފުމުގެ ގޮތުން ތަންފީޒުކުރެވެމުންދާ ސިޔާސަތުތަކެކެވެ.

ފާއިތުވެދިޔަ އޮކްޓޯބަރު މަހު ފްރާންސްގެ ރަށްބޭރުގައި އެގައުމުގެ ސްކޫލް ޓީޗަރެއްކަމުގައިވާ ސަމުލް ޕެޓީ މާރާލެވުމުގެ ހާދިސާއާއި ގުޅުވައިގެން ދީނީގޮތުން ނަފްރަތު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް، ފްރާންސްއިން ވަނީ އޮކްޓޫބަރުމަހުގެ 20 ވަނަ ދުވަހު، އެގައުމުގެ ރަށްބޭރުގައި ހުންނަ މިސްކިތެއް ބަންދު ކުރުމަށް ނިންމާފައެވެ. މި ޓީޗަރު މަރާލާފައިވަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ޓީޗަރު ކިޔަވާދޭ ކްލާހުގެ ދަރިވަރުންނަށް ކުރަހާފައިވާ ކީރިތި ރަސޫލާގެ ކާޓޫން ދެއްކުމުން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ފްރާންސްއިން ވަނީ ދާދިފަހުން، އެގައުމުގައި ހިންގަމުންއައި، މުސްލިމް ދެޖަމާއަތެއް ކަމަށްވާ، “މުސްލިން ޗެރިޓީ ބަރަކް ސިޓީ”އާއި އަދި، “ދަ ކަލެކްޓިވް އެގެއިންސްޓް އިސްލާމޯފޯބިއާ އިން ފްރާންސް” މަނާކުރުމަށް ނިންމާފައެވެ. އެހެންނަމެވެސް މި ދެޖަމާއަތުންވެސް ވަނީ ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކާ ގުޅުން އޮންނަކަމަށް މި ދެޖައާއަތުގެ މައްޗަށް ސަރުމާރުން ކުރާ ތުހުމަތުތަކަށް ދެކޮޅު ހަދާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.