މުދަލު ޒަކާތުގެ ގޮތުގައި އަހަރުގެ މިހާތަނަށް 48 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި އަހަރުގެ މިހާތަނަށް 48 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 48.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ( މީރާ)އިން ބުނެފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 48،129،659 ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި 48،109،756 ރުފިޔާ އަކީ ދިވެހި ފައިސާއިން ދައްކާފައިވާ ލާރިއެވެ. އަދި 1300 ދައްކައިފައިވަނީ ޑޮލަރުންނެވެ.

މީރާ އިން ބުނެފައިވަނީ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޢަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 11.4 އިންސައްތަ އިތުރުވެފައި ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 5.1 މިލިއަން ރުފިޔާއެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު ލިބިފައިވަނީ ފަސް މިލިއަން ރުފިޔާއެވެ. އަދި މާޗް މަހު ލިބިފައިވަނީ 11.1 މިލިއަން ރުފިޔާ އެވެ. މީގެ އިތުރަށް މުދަލު ޒަކާތުގެ ގޮތުގައި އޭޕްރީލު މަހު 22.3 މިލިއަން ރުފިޔާ ލިބިފައިވާއިރު މޭ މަހު ލިބިފައިވަނީ 4.5 މިލިއަން ރުފިޔާއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއީ 7312.55 ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *