އައިޖީއެމްއެޗްއިން ހަދާ ލެބޯޓްރީ ޓެސްޓްގެ ނަތީޖާ އާއި ބޭސްސިޓީ މިހާރު އީފާސް މެދުވެރިކޮށް ބެލޭނެ

އައިޖީއެމްއެޗްއިން ހަދާ ލެބޯޓްރީ ޓެސްޓްގެ ނަތީޖާ އާއި ބޭސްސިޓީ މިހާރު އީފާސް މެދުވެރިކޮށް ބެލޭނެ

Author
އަޒްފާ ރަޝީދު
24 ޖޫން 2023 09:12
0

އައިޖީއެމްއެޗްއިން ހަދާ ލެބޯޓްރީ ޓެސްޓުތަކުގެ ނަތީޖާ އާއި ބޭސްސިޓީ މިހާރު އީފާސް އިން ބެލޭގޮތަށް ހަމަޖައްސައިފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހެވެ. ސަރުކާރުން ވަނީ އީފާސް އަށް ފަސޭހައިން ލޮގިން ވެވޭ ގޮތް ހެދުމަށް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޕާސްވޯޑާއި އޯޓީޕީއާއި ނުލާ ކިއުއާރް ކޯޑް ސްކޭން ކޮށްގެން ލޮގިން ވެވޭ ގޮތް ހަދާފައެވެ.

މިއަހަރު ވަނީ ޑިޖިޓަލް ލައިސަންސާއި ޑިޖިޓަލް އައިޑީ ކާޑުުގެ ހިދުމަތްވެސް ދޭން ފަށާފައެވެ.

ސަރުކާރުން އަންނަނީއި އީ ފާސް މެދުވެރިކޮށް ވުޒާރާތަކުންދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.