ކޭޕާކް މަންޑޭގެ އެޕާޓްމަންޓްތަކަށް ފުލުހުން ވަދެ ފާސްކުރަނީ

ކޭޕާކް މަންޑޭގެ އެޕާޓްމަންޓްތަކަށް ފުލުހުން ވަދެ ފާސްކުރަނީ

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގުގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ އެޕާޓްމަންޓްތަކަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފިއެވެ.

ކޭ-ޕާކް މަޝްރޫއުގައި ރާއްޖޭގެ އެޖެންޓްގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ މީގެ ދެހަފްތާއެއްހައި ދުވަސް ކުރިންނެވެ.

ފުލުހުން މިހާރު ހުޅުމާލޭ އަމީން އެވެނިއުގައި މަންޑޭ ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓަކަށް ވަދެ ފާސްކުރަމުންނެވެ. އަދި ހުޅުމާލޭގައި ހުންނަ މަންޑޭގެ އެހެން އެޕާޓްމަންޓަކަށާއި އޭނާގެ އޮފީހަކަށް ވެސް ފުލުހުން ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ މިމައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ބައެއް ތަންތަން ބަލާ ފާސް ކުރަމުންދާކަމަށެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގައެވެ. ހަންބޯ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ މަންޑޭ އަށެވެ.

މަންޑޭއާ ދެކޮޅަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ހަންބޯ ކޮމްޕެނީގެ ޗައިނާ ހިއްސާދާރު ޝިއުން ޖިން އެވެ. އޭނާ އަށް ކުންފުނީގެ 95 ޕަސެންޓް ހިއްސާ އޮންނައިރު މަންޑޭގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *