ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މެއި 01 ވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާއަކީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތްކުރި މުޒާހަރާ ކަމުގައި ހޯމް މިނިސްޓަރ އަދި އެމުޒާހަރާ ލީޑްކޮށް ޖަލުހުކުމެއް ތަންފީޒު ކުރި އިމްރާން ވިދާޅުވެއްޖެއެވެ.
މޭޑޭ މުޒާހަރާއަކީ 2012 ވަނަ އަހަރަށް ފަހު އެންމެ ގިނަ ފުލުހުންނަށް ވެސް ތަފާތު ގިނަ އަނިޔާތަކާއި ކުރިމަތިލާން ޖެހުނު މުޒާހަރާއެވެ. އެދުވަހު ބާރު ސްޕީޑްގައި މުޒާހަރާގެ ބައިވެރިން ޕިކަޕެއް ދުއްވާފައި ގޮސް ފުލުހުންތަކެއްގެ ގައިގަ ޖައްސާފައި ވެއެވެ. އަދި ފުލުހަކު ވައްޓާލައިގެން ވެސް ބޮޑެތި އަނިޔާތަކެއް ދީފައި ވެއެވެ.
މިމުޒާހަރާގައި އިމްރާން ވަނީ ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. މިއަދު ފާހަގަކުރަމުންދާ މޭޑޭގައި މީހަކު އިމްރާން އެދުވަހު ދެއްކެވި ވާހަތަކުގެ ހަދާން އާކޮށް ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ އެދުވަހު ދިވެހިން ދެއްކެވި އެއްބައިވަންތަ ކަމަކީ ރައީސް ޔާމީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްވުމަށް ކުރެވުނު އެންމެ ވަރުގަދަ އެއްމަސައްކަތް ކަމުގައެވެ.
މާތް ރަސްކަލާންގެ ހެޔޮ ރަހުމަތުން ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަ ކަމާއި ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން. އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އަނިޔާވެރިއެއްގެ އަނިޔާތައް ބަޔަކު ގަބޫލު ނުކުރި ކަމުގައި ވީނަމަވެސް މޭޑޭގެ މުޒާހަރާއަކީ ދިވެހި ތާރީހު ބަދަލުކޮށްލި މުޒާހަރާކަމަށެވެ.
އަނިޔާވެރިންގެ އަނިޔާއަށް ތާއީދުކުރާ މީހުންނަށް ގަބޫލު ނުކުރެވުނަސް މޭޑޭ މުޒާހަރާ އަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މުޒާހަރާއެއް.
– އިމްރާން ވިދާޅުވިއެވެ.
Maaiy Allah ge heyo rahumathun RY ge aniyaaverikama jabbaarukamun dhivehin salaamaiykurevunee May Day gai dhivehin dhekki ehbaivanthakama kuri hiyvaruge mahchah binaakurevunu masahkathun. https://t.co/w9M0BZQzsU
— Imran Abdulla (@ShimranAb) May 1, 2023
މޭޑޭ މުޒާހަރާ އާއި ގުޅިގެން މިނިސްޓަރު އިމްރާން އަށް ޖަލު ހުކުމެއް އިއްވިއެވެ. ވެރިކަން ބަދަލުވުމުން އެހުމް ވަނީ ބާތިލް ކޮށްފައެވެ. މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީގެ މަރާއި ރައީސް ޔާމީނާއި، އަދި އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އާދީބާއި ގުޅޭ ލިޔުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ ލިޔުންތަކެއް ވެސް ދައްކާފައެވެ. ފަހުން އެނގުނު ގޮތުގައި އިމްރާން އެދުވަހު ދެއްކީ ހަވީރު ނޫހުގެ ވެބް ޕޭޖްތަކެއްގެ ޕްރިންޓްތަކެކެވެ.
އެލިޔުންތަކާއި ގުޅޭ ގޮތުން ވެސް އިމްރާން ވަނީ އެތައް ފަހަރަކު ދޮގު ހަދާފައެވެ. އެލިޔުންތަކާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ފުލުހުން ވަނީ އެލިޔުންތައް އޭނާ ހައްޔަރުކުރި ދުވަހު އަތުލާފައި ކަމަށެވެ. ނަމަވެސް ފަހުން މަޖިލީހުގެ ޖަލްސާތަކުގައިވެސް އަދި ރޭޑިއޯ ޕްރޮގްރާމެއްގައިވެސް އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާގައި އޭނާ ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ