ބޮޑެތި މަސައްކަތްކުރާ ބިންތަކުން ނަގާ ކުލި އަންނަ މަހު އެކަކުން ފެށިގެން އެ އިދާރާއިން ބަލައި ނުގަންނާނެ: މީރާ

ބޮޑެތި މަސައްކަތްކުރާ ބިންތަކުން ނަގާ ކުލި އަންނަ މަހު އެކަކުން ފެށިގެން އެ އިދާރާއިން ބަލައި ނުގަންނާނެ: މީރާ

ބޮޑެތި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދޫކޮށްފައި ވާ ބަންޑާރަ ބިންތަކުން ނަގާ ކުލި އަންނަ މަހު އެކަކުން ފެށިގެން މީރާއަށް ބަލައި ނުގަންނާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން ބޮޑެތި މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުއްޔަކީ ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާކަމަށް ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފަޔާއެކު، އެފަދަ ބިންތަކުގެ ކުލީގެ ގޮތުގައި ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ބަލައިގަންނަމުން ދިޔަ ފައިސާ، 1 ޑިސެންބަރު 2020 އިން ފެށިގެން އެއިދާރާއިން ބަލައިގަތުން ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

އަދި އެދުވަހުން ފެށިގެން ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މިފަދަ ބިންތަކުގެ ކުލި ބަލައިގަންނާނީ އެ ކައުންސިލަކުން ކަމަށްވެސް މީރާއިން ބުނެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

މި އިސްލާހަކީ ކައުންސިލްތަކުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ކަނޑައަޅައި، ކައުންސިލްތަކުގައި އަންހެން ބޭފުޅުންގެ ދައުރު ފުޅާކުރުމަށް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ޚާއްޞަކޮށް، އިދާރީ ދާއިރާތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޫކުރެވޭ ހަމަތައް ކަނޑައަޅާއި ކައުންސިލްތަކުން އަތުލެވިފައިވާ ބާރުތަށް އަނބުރާ ދިނުމަށް ގެނެވުނު އިސްލާހެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *