ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ފިޡުރު ޢީދު ފާހަގަކުރުން
ޔުނައިޓެޑް އަރަބި އެމިރޭޓްސް ދުބާއީގައި އީދ ދުވަހުގެ އިރުއަރާ މަންޒަރު މީހަކު ފޮޓޯ ނަގަނީ
އަފްއާނިސްތާނުގެ ކާބުލްގައި އީދުގެ އުފާ ފާޅު ކުރަނީ
އީދު ދުވަހުގެ އީދުނަމާދު ކުރަނީ
ފަލަސްތީނުގެ އަލް އަގުސާ މިސްކިތުގައި ފަލަސްތީނުގެ އަންހެނަކު އީދު ނަމާދަށްފަހު ސެލްފީއެއް ނަގަނީ
ސާބިއާގެ ސެންޓްރަލް ބަލްގްރޭޑްގައި ހުންނަ ބަޖްރަކީ މިސްކިތުގައި އީދު ނަމާދު ކުރަނީ
ކެންޔާގެ ނައިރޯބީގައި އީދުނަމާދަށް ހާޒިރުވި މުސްލިމް އަންހެނުންތަކެއް އަތްތިލަ ހީނާފަތުން ޒީނަތްތެރި ކޮށްފަ
ކެންޔާގެ ނައިރޯބީގައި ހުންނަ ސަލާމް މިސްކިތުގައި އަންހެނަކު ނަމާދު ކުރަނީ
މިސްރުގެ ކައިރޯގައި ހުންނަ އަލް ސިއްދީގު މިސްކިތުގެ ބޭރުގައި އީދު ނަމާދަށްފަހު ބަޔަކު މީހުން ފުއްޕާހަންތައް ޖައްވަށް ދޫކޮށްލަނީ
އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ ލަކެމްބާ މިސްކިތުގައި އީދު ނަމާދު ކުރަނީ
ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި އީދު ނަމާދު ކުރަނީ
ސޫދާންގައި އަސްކަރީ ދެ ޖެނަރަލުންގެ މެދުގައި ހަގުރާމަ ހިނގަމުން ދިއުމާއެކުވެސް, ވެރިރަށް ޚަރުތޫމްގައި ހުންނަ އަލް އަރާ އަލް ރަބާ މިސްކިތަށް މީހުން އީދު ނަމާދަށް ޖަމާވެފައި
ސައުތު ސޫދާނެ ބޯޑަރު ސަރަހައްދުގައި މުސްލިމުން އީދު ނަމާދު ކުރަނީ
އަލްބޭނިއާގެ ޓިރާނާގެ ސްކަންޑަރބެގް ސްކުއަރގައި އެތައް ހާސް މީހުން އީދު ނަމާދަށް ޖަމާވެފަ
ތުރުކީގެ އިސްތަމްބޫލްގެ ހާގިއާ ސޯފިއާ މިސްކިތުގެ ބޭރުގައި ބަޔަކު މީހުން ސެލްފީ ނަގަނީ
ކިރިގިސްތާންގެ ބިޝްކެކްގައި އީދު ނަމާދު ކުރަނީ
ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ފަލަސްތީނުގެ ރައްޔިތުން އީދު ނަމާދު ކުރަނީ
ކޮމެންޓު ފޮނުވާ