މެލޭޝިއާގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސިން

ކޯވިޑް19 އަށްފަހު އާންމު އިންތިޚާބު ބާއްވާނަން: މެލޭޝިއާގެ ބޮޑުވަޒީރު

ކޯވިޑް19 އަށްފަހު އާންމު އިންތިޚާބު ބާއްވާނަން: މެލޭޝިއާގެ ބޮޑުވަޒީރު

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19 ކާރިސާގެ ހާލަތު ރަގަޅުވުމުން، މެލޭޝިޔާގެ އާންމު އިންތިޚާބު ބާއްވާނެކަމަށް، އެގައުމުގެ ބޮޑުވަޒީރު މުހިޔިއްދީން ޔާސީން ވިދާޅު ވެއްޖެއެވެ.

މުހުޔިއްދީ އިންތިޚާބު ބާއްވާނެކަމަށް ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގައި ބޭއްވުނު ޖަލްސާގައި މުހިއްޔިއްދީންގެ ސަރުކާރުން ހުށަހެޅި ބަޖެޓް ހަނި އަގުލަބުއްޔަތުން، ފަހުވަގު ފާސްވެގެން ދިއުމާ ގުޅިގެންނެވެ.

މެލޭޝިއާގެ ތާރީޚުގައި މިހާތަނަށް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓް ފާސްވެގެން ދިޔައީ، ބަޖެޓާއިމެދު ހަފްތާއެއްވަންދެން ގާނޫނު ހަދާ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައި، އިދިކޮޅު މެމްބަރުންނާއި އަދި މުހިޔިއްދީންގެ ޕާޓީގެ ބައެއް މެމްބަރުންވެސް ބަޖެޓަށް ވޯޓު ނުދޭނެކަމުގެ އިންޒާރު ދީ، މެލޭޝިއާގެ ސިޔާސީ މަސްރަހު ކާރިސާއަކަށް ހިގައިދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށެވެ.

“އިރާދަ ކުރެއްވިޔާ، ކޯވިޑް19 ކާރިސާ ނިމުމަކަށް އައިހާ އަވަހަކަށް އާންމު އިންތިޚާބެއް ބާއްވާނަން”، އޮންލައިންކޮށް ބޭއްވުނު، މުހިޔިއްދީން ނިސްބަތްވާ ބަރްސާތު ޕާޓީގެ އާންމު ބައްދަލުވުމެއްގައި މުހިޔިއްދީން ވިދާޅުވިއެވެ.

“އަހަރުމެން ވެރިކަމުގެ ޒިންމާ ރައްޔިތުންނާ ހަވާލު ކުރާންނަ. އެހާހިސާބުން މެލޭޝިއާގައި ވެރިކަން ކުރަންވީ ސަރުކާރު އައްޔަންކުރުމުގެ ހުރިހާ އިޚްތިޔާރެއް އޮންނާނީ ރައްޔިތުންގެ އަތްމަތީގައި.”

މުހުޔިއްދީންގެ އެންމެ 8 މަސްވީ ސަރުކާރަށް މިހާރު މަޖިލީހުގެ މެޖޯރިޓީ ލިބިފައިވަނީ ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ މެޖޯރިޓީ އެންމެ 2 ގޮޑީގެ ތަފާތުން ލިބިގެންނެވެ. ނަތީޖާއެއްގެ ގޮތުން، އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމްގެ ފަރާތުން މުހުޔިއްދީނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި މުހުޔިއްދީންގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނިޒޭޝަން (އަމްނޯ)އާއިވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

މިހަފްތާގައި މުހުޔިއްދީން ވަނީ އަމްނޯގެ ރައީސް އަހުމަދު ޒާހިދު ހަމީދީ އާއި ބައްދަލު ކުރައްވާ، ދެޕާޓީގެ ދެމެދުގައި ހުރި ޚިޔާލު ތަފާތުވުންތައް ފިލުވާލުމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އަދި ކުރިޔަށް އޮތް އާންމު އިންތިޚާބުގައި ދެޕާޓީން އެއްބަސްވާ އެއް ކެޑިޑޭޓެއް ނެރުމާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ.

 

މެލޭޝިއާގައި ކޯވިޑް19ގެ ހާލަތު މިހާރު ދަނީ ގޯސްވަމުންނެވެ. އަދި ސެޕްޓެމްބަރު މަހަށްފަހު، މެލޭޝިއާގައި ދަނީ އާދަޔާ ޚިލާފަށް ބާރު މިނުގައި ބަލި ފެތުރެމުންނެވެ. މިހަފްތާގެ ހުކުރރު ދުވަހު އެކަނިވެސް 60،000 މީހުންނަށްވުރެ ގިނައިން މެލޭޝިއާގައި ކޯވިޑް19 އަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.