ޣާޒީ ބިލްޑިންގް ތަޅާލައި، ޕާކިން ޒޯނެއް ހަދަނީ

ޣާޒީ ބިލްޑިންގް ތަޅާލައި، ޕާކިން ޒޯނެއް ހަދަނީ

ގުޅުންހުރި

ކުރިން ސަރުކާރުގެ ގިނަ އޮފީސްތައް ހިންގި ޢާޒީ ބިލްޑިން ތަޅާލައި އެތަނުގައި ޕާކިން ޒޯނެއް ހަދަން ނިންމައިފިއެވެ.

ވެހިކަލްތަކުން ވެސް ފުރިބާރުވެފައިވާ މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައިގެ ތެރޭގައި ހިމެނޭ ޕާކިން މައްސަލަ އަށް އިތުރު ހައްލެއް ހޯދަން ޢާޒީ ބިލްޑިން ތަޅާލުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އަމީރު އަހުމަދު މަގުން ޑިފެންސް މިނިސްޓްރީ ކުރިމަތީގައި ހިންގާ ސަރުކާރުގެ އެންމެ ގިނަ ދުވަސްވީ އޮފީސް އިމާރާތް އަންނަ ޖޫން 20 ގެ ނިޔަލަށް ތަޅާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެއެވެ. ޣާޒީ ބިލްޑިންގްގައި މިހާރު ހިންގަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އޮޑިޓަ ޖެނެރަލްގެ އޮފީހެވެ.

ޣާޒީ ބިލްޑިންގް ހުރި ސަރަހައްދުގައި ސަރުކާރުގެ އޮފީސްތައް ހިންގަން ބޭނުންކުރި ހުރަވީ ބިލްޑިންގް ވެސް ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން ދާދި ފަހުން ވަނީ ތަޅާލައިފައެވެ. އަމީރު އަހުމަދު މަގުން ރައީސް އޮފީސް ކުރިމަތީގައި ހުރަވީ ބިލްޑިންގް ހުރި ތަނުގައި މިހާރު ހަދާފައި ވަނީ ވެހިކަލް ޕާކިންއަކާއެކު ހަދާފައިވާ ޕާކިން ޒޯނެކެވެ.

ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަނީ ވެލާނާގެ ބިލްޑިންގްގައި ކަމަށް ވާއިރު ހުޅުމާލޭގައި ހެދި އާ އިމާރާތް މިދިޔަ މަހުގެ 15 އިގައި ވަނީ ހުޅުވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ